އެދޭ ދޯދިން އިރުގެ އަލިކަން، އުޑާ ބިމުގާ އުޖާލާކޮށް

   ތެދޭ މިހިތަށް އެދިން ދިރުމާ، ބަހާރު ކަމެއް އަލުން ދީފާ

 

ވަލާ ހޭޅިން ގޮވާ އެކިއެކި، ތަފާތު އަޑުން ނަޔާ މިއުޒިކު

   ކަލާ މިހިތަށް އަރާ ގަދަކޮށް، ހަނދުމަ އެދަނީ ނިކަން ކޮށްފާ

 

ފޮޅޭ ފަތިހަށް ނަޔާ މާތައް، އަސުރު ފަހުގާ މިލާ އެ ދަނީ

   މޮޅޭ ބުންޏަސް މަލުގެ ކޮލިޓީ، އުމުރު އެދަނީ އަދާ ކޮށްފާ

 

އަރާ އިރުވެސް މެދަށް ޖެހެމުން، އެއަށްފަހުގާ އެ އޮށްސޭނޭ

   އަރާމާ ލައްޒަތާ ދުނިޔޭން، ވަނީ އެފަދައިން ދައުރު ކޮށްފާ

 

ހިނގާ ތަނެކޭ ދުނިގެ މިއަކީ، ތޮށަލި ދުޅައެއް ފަދައިން އަމުދުން

   ހިނގާ ކަންކަން ހެވާއި ނުބާ، ދަނީ ހެއްވާފަ ރޮއްވާފާ

 

ހަޔާތުން އިބުރަތެއް ހޯދުން، މިއީ ކަމެކޭ ކަތުންނަށް ވާ

   ހިޔާލާތާ ފިކުރު ހިންގާ، މިކަން ކަމުގާ ދަރުސް ލިބިފާ