އޮޑިއެއް މިއީ ލޯބީގަ ދާ، ގަދަ ކަނޑު ހުރަސް ކޮށްފާ ދުވާ

   ކޮޑިވެސް ނަގާ ވައި އަޅުވަމުން، ގަދަ ކަނޑު ތެރޭ ލޮނުގަނޑު ކަފާ

 

ބަޚުރުގެ ތެރޭ ލޮނު ވިއްސަމުން، ކޮޅު ވަތު ތެރޭ ދިޔަ ހިއްކަމުން

   ބަޚުރުގެ ބޮޑެތި ބިޔަ ރާޅުތައް، ފޮނުލާ ނަގާ ރުޅިގަދަވެފާ

 

ތެމިގެން ލޮނާ ވާރޭ ތެރޭ، ދަންމާނުގާ ގަދައަށް ހިފާ

   ދެމިގެން އެދާ ކޮޅިގަނޑު ތެރޭ، ހިތްވަރު މަގޭ ވީ ގަދަ ވެފާ

 

ލުހިގެން އައޭ ޖެހި ރާޅަކުން، މެދުވަތުގެ ހުރިހާ އުނގުރިއެއް

   ނުހިތަން އެހާ އަވަހަަށް އެތާ، އުނގުރިން އަރާ ދިޔަބޮޑުވެފާ

 

އޮޑިއޭ މަގޭ ލޯބީގެ ގޮސް، ބަޚުރުގެ ތެރަށް އަޑިއަށް ދަނީ

    އޮޑިއާ އެކީ އަހަރެންމިއޮށް، އަޑިއަށް ދަނީ ލޮނު ބޮއެވިފާ

 

ލޯބީގެ ދަތުރަށް ފެށި ނިޔާ، ވީ ގެއްލިގެން ބަޚުރުގެ ތެރޭ

   ލޯބީގަ މީ މުސާފިރެއް، އެހެނަސް މިތާ މަގު ގެއްލިފާ