ކަމަކަން މިކަން ހަދައިގެން، ދަރިފުޅު ނިކަންމެ ރުއްސާ

   ކަނަކަށް ކަތުން ހަދައިގެން، ދަރިފުޅުމެ ދޮން ކުރާނޭ

 

ދުވަހަކު ކުށެއްމެ ނުކުރޭ، މައުސޫމު ވެސް އެހާ ވޭ

   ހުވަނދާ އަތަރު ވަށައިގެން، އަބަދާ އަބަދު ތިބޭނޭ

 

ކުށްވެރި އަބަދު ކުރާނީ، ބާކީ ތިބޭ ކުދިންނޭ

   ކުށްވެރި މަގޭގެ ދަރިއެއް، ދުވަހަކު ނުމެއް ވެދާނޭ

 

މިގޮތަށް މިހެން ހެދީމާ، ދަރިފުޅު ރަނގަޅު ވެދޭހޭ

   މިގޮތަށް މިކަން ކުރީމާ، ގޯހެއް ނިކަން ފެވޭނޭ

 

އެއްބަސް ޖެހޭ ނިކަން ވާން، ދަރިފުޅު ކުށެއް ކުރީމާ

   އެއްބަސްނުވެން އުޅެންޏާ، އެދަރިން ކިހާ އަރާނޭ

 

ހިތްވަރު ދެނީ މައިންނޭ، ކުށްތައް ކުރަން ދަރިންނަށް

   ހިތްވަރު އެދޭ އެދިނުމުން، ކުރިލާ ކުށަށް އަރާނޭ

 

އިސްލާހުވާ ތަނާ އަދި، މަންޒަރު ދެކެން އެދެންޏާ

   އިސްކޮށް ކުރާ އެކުށުގާ، ކުށްވެރި ދަރިން ކުރާށޭ