ޖެހުނު އިރުގާ ކަމެއް ބޮޑު ގޮސް، މަގޭ އަތުގާ ހިފީ އެންމެން

   ވެހުނު ވާރޭ ފަދައިން އެންމެން، މިކަންކަމުގައި މަށާ އެކު ވީ

 

ތިއޭ ބޭނުން އޮތުން ގުޅުމެއް، ލެޔާ ނަފުސާ ހިތާ މޭގާ

   މިއޭ އެބުނާ ބަދަހި ގުޅުމީ، ފެނަށްވުރެ އޮލަ ކަމެއް އަދު ވީ

 

ވަމޭ އެކު އާއިލާ އެއްމެން، އެކަތި ގަނޑަކަށް މިކަން ކަމުގާ

    ވަމޭ ދާތިކި އޮހޮރިދާ އިރު، ބަހެއް ޝަކުވާ ނުކޮށް އެކު ވީ 

 

އެތައް ކަމަކާ އަމިއްލަ ކަމެއް، މުޅިން ދޫކޮށް މަށަށް ހުސްވީ

   އެތައް ކަމެކޭ ފަހަށް ޖެއްސީ، މަގޭ އެދުމުން ގަޔާ ވެސް ވީ 

 

ނެތޭ ނިމުމެއް ކިޔާ ޝުކުރަށް، އޮހޭ ހެޔޮ ބަސްތަކަށް ދޭހުން 

    ނެތޭ ނިންމާ ހިތެއް އަމުދުން، ލިޔަން ފެށުމުން މިހެން ވެސް ވީ

 

ދެލޯ މަފުޅާ ދަރިފު ދޫންޏާ، ޝަހާދެއްވާ މަގޭ މިބުނީ

   ދެލޯ ފަދައިން މަށަށް ތިބެލީ،