ރަނގަޅު ލިބުމުން މިތާ އަނތްބެއް، ދެދުނިޔޭގާ ވެޔޭ ފޮނިކަން

   ރަނގަޅު އުޅުމެއް އުޅެން ދަސްވޭ، އެކީ އެކުގާ އުޅެން އެދެވޭ

 

ބުނޭ އެންމެން އަނބިން ރީތީ، ހެވިއްޔާ އޭ ސޮރަށް ފިރި ވާ

   ބުނޭ މިކަމުން ލިބޭ ހެވަކީ، އުޅުން ރީތިވެ ގުޅުން އެކުވޭ

 

ުހިތުގެ ރަނިކަން ކުރާ ތިޔައީ، މަގޭ މަލިކާ ދުށުން އެދެވޭ

   އިތުރު ފޮނިކަން ހިތަށް ލިބިދޭ، ތިއޭ ރާނީ އަބަދު އެދެވޭ

 

ތިއޭ ހިތުގާ ފޮޅޭ މަލަކީ، އެއިން ފޮނިކަން ލިބޭ މަލަކީ

   ތިއޭ މިލިޔަސް އެވަސްނުފިލާ، މި ގުލްޝަނުގާ ދުވަން އެދެވޭ

 

އުޖާލާކަން ގެނައި ތިޔައީ، ޗަމަންގާ ވާ އަޖައިބެއް ތާ

   އުޖާލާ ވީ މި ދޭހުށް އައި، ރަބީއަށް ފަހު ބަހާރެއް ވޭ 

 

އަޅާ ކައިވަތް ހުވާ ކޮށްފާ، ލިބުން ދެރައެއް ނުވެސް ވާނޭ

   އަޅާ ފޮޅުވަތް މަގޭ ލިޔަމޭ، މިކަން ކަމުގާ އަހުދު ވެވިފާ