ކާކުހެ މިތާ މާ ހެޔޮވަނީ، މާ ހެޔޮވެގެން ހުރެ ފިރުމަނީ

   ކާކުހެ ތިއީ އަހަރެންގެ ބޯ، ފިރުމާލަ ދޭން ފަހެ ތިއުޅެނީ

 

ގޮތް ނޭނގި ހުރެ ގިނަ މީހުނާ، ވާހަކަ ދެކޭ މި ޒަމާނުގާ

   ފޮތްތަކު ތެރޭ އޮތް އެއްޗަކުން، ދަރުހެއް ލިބުން ރުހިގެން ވަނީ

 

މާ ހެޔޮ ވެގެން ހުރެ ފިރުމިޔަސް، ނޭނގެނީ ނަމަ ކާކުކަން

   ދާހެ ރަހަ ހިތި އަރު އަރުތެރޭ، ގާތް ވުމުން ހުރެ ނޭނގެނީ

 

ހެޔޮ ވާނެހޭ މި ޒަމާނުގާ، އިތުބާރު ކުރުމަށް މީހަކަށް

   ކެޔޮނިރެެއް ނުދެނީސް ދެޔޭ، ފައިސާ މުދާ މަކަރުން ދަނީ

 

ހައްދާނެއޭ މޮޅު ވާހަކައިން، ދައްކާނެޔޭ ފޮނި މަންޒަރާ

  ދައްކާ ދަޅާގައި ޖެހި ދަނީ، ކަނުކަން ލޮލަށް ވެރި ވެސް ވަނީ

 

ހީވެސް ނުވޭ އެގޮތަށް އެހެން، ގެއްލުން ތަކެއް ދީފާނެހެން

   މީވެސް މިތާ ލިބިފައި އެވާ، ގެއްލުން ތަކުން ދަރުހެއް ދެނީ

 

އިބުރަތް ލިބުން މީއޭ ތަނީ، ދަސްވެސް ކުރުން މީއޭ ތަނީ

   އިތުބާރު ނުކުރޭ މީހަކަށް، ފަހެ ކާކުކަށް ހަމަ ނޭނގުމުން