ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ބެދޭމަޅިއެއް ނުފެންނާނޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ ވަރަށް އާއްމުކޮށް އަހަރެމެންނަށް ދިމައިވާ ހާލަތެކެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލާއިރު، މިބަހުގައި މި ބުނެވެނީ މަޅިއެއްގެ ވާހަކައެވެ. މަޅިއަކީ އާއްމުކޮށް ދިރޭތަކެރި ހިފަން ޖަހާފައި ހުންނަ "ދަންތުރަ" އެކެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ މަޅި ހުންނަ އިރު، މި ބަހުގައި މި ބުނަނީ ބެދޭ މަޅިއެއްގެ ވާހަކައެވެ. ބެދޭ މަޅި އަކީ މަޅިތަކުގެ ތެރެއިން ވަރަށް ކާމިޔާބު މަޅިއެކެވެ. އެހެނީ އާއްމުކޮށް އެ މަޅި ބެދޭއިރު، ބެދޭތަން ވަރަށް ނުފެންނާނެއެވެ.

މިބަހުގެ މުސްކުޅި މާނަ، ރައްދު ކުރެވެނީ ކަމެއްގައި ކަމެއް ގޯސްކޮށް ހިނގާކަށް ނޭނގޭނޭ ބުނާ ބުނުމަށެވެ. ގިނަފަހަރަށް ކަމެއް ގޯސްކޮށް ހިނގައިފިކަން އެނގޭނީ އެ ކަމެއް ހިނގުމުންނެވެ. އެކަމެއް ހިނގުމުގެ ކުރިން، އެކަމެއް ހިނގާކަން ނޭނގެއެވެ. ނުވަތަ ގިނަފަހަރަށް ނޭނގޭނެއެެވެ. އެހެންކަމުން ކަމެއް ގޯސްކޮށް ހިނގާފާނެކަމަށް ސަމާލުވުމަށްވެސް، ބެދޭމަޅިއެއް ނުފެންނާނޭ ބުނެ އުޅެއެވެ.