ދިވެހި އަދަބީބަސްތަކުގެ ތެރެއިން ބޮޑެތި އެއްޗެއްސަށް ބޮޑެތި ރާޅެވެ، އަދި ކުދި އެއްޗެއްސަށް ކުދި ރާޅޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ ހިތްވަރު ދިނުމުގެ ގޮތުންވެސް އަދި ތަގުދީރު ނިޔާކުރާ ގޮތްކަން ބަޔާންކޮށްދިނުމަށްވެސް ބުނެ އުޅޭ ބަހެކެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވޭ ބޮޑެތި އެއްޗެހި މާނަ ކުރަނީ ބޮޑެތި އޮޑިފަހަރަށެވެ. އެ އެއްޗެއްސަށް ކަނޑުގައި ހުންނަ ކުދިކުދި ރާޅުތައް ކަފާލާފާ ފަސޭހަކަމާއި އެކު ދެވުނު ނަމަވެސް ބޮޑެތި ރާޅުތަކުގައި އެ އޮޑިފަހަރަށް އަރާ ލޮހުސާން ބޮޑުވާނެއެވެ. އަދި ކުދި އުޅަނދުފަހަރަށް އަރާ ލޮހުސާން ބޮޑުވާނީ ކުދި ރާޅުތަކުގައި ކަމަށްވެސް މިބަހުގެ ބަހަވީމާނަ ދޭހަކޮށްދެއެވެ.

މިބަހުގެ މުސްކުޅި މާނަ ރައްދު ކުރެވެނީ ބޮޑެތި މީހުންނަށް ދިމައިވާނީ ބޮޑެތިކަންކަން ބުނެދިނުމުގެ ގޮތުންނެވެ. ބައެއް ބޮޑެތި މީހުންނަށް ދިމައިވާ ބޮޑެތި ކަންކަމުގައި އެމީހުންގެ ކެތްތެެރިކަން ނެތިގޮސް، އެވެނި މިވެނި ކަމެއް ތިމަންނާއަށް ދިމައިވާންވީ ކީއްވެހޭ ބުނެ، ތަގުދީރުގެ މައްޗަށް ޝަކުވާ ކުރާ ހާލަތްތަކުގައި، އެމީހަކަށް ހިތްވަރުދިނުމުގެ ގޮތުންވެސް މި ބަސް ބޭނުންކޮށް އުޅެއެވެ.