އެހެން މީހަކު އެހެން އުޅުނަސް، ތިބާ ވޭހޭ އެހެން އުޅުމަށް

   އެހެން ކަމުގާ ވަނީ ވިއްޔާ، ތިބާ ތިޔައީ ކޮހެއް ތާއޭ

 

ނަކަލު ކުރުމަށް ތިބާ ވާނީ، ލަފާ މީހުން ތިބޭ ހެޔޮ ހާ

   ނަކަލު ނުކުރޭ އުޅުން ގޯސްކޮށް، އުޅޭ މީހުން ކޮހުން ތާއޭ

 

އަބަދު ތިބެނީ ބަލަން އެވެރިން، ފަރަންޖީން އަދު އުޅޭ ގޮތްތައް

   އަދަބު އަހުލާގު ވެސް ނެތެނީ، ނަކަލު ކުރުމަށް އުޅޭތީއޭ

 

ވަރަށް ގިނައިން ފެނޭ މީހުން، އެއީ ފޭނުން ކަމަށް ހަދަމުން

   ވަރަށް ގިނަ ތަންތަނުން އެވެރިން، އުޅޭ ގޮތްތައް ބަލާތީއޭ

 

މިހެން ކަންކަން ވުމުން ގިނަގޮސް، ސަގާފަތުގާ ނުލާ ރަހައެއް

    މިހެން ވާތީ ބުނަން ޖެހެނީ، ތިބާ ތިޔައީ ކޮހެއް ތާއޭ