ވިތާހިރު މޮޅެއް ނުވި އެ ރަން މުތްތަކާ، ވިދާހާ ތަކެއްޗެއް ރަނަށް ނުވެ ދިޔާ

    ހިތާ ހިތުގެ ގުޅުމާ ގުޅުން ކެނޑިލުމުން، ހިތާ ސިކުނޑިއާ ގޮސް މިތާ ރޫޅެނީ

 

އެހާ ބޯކޮށޭ ކޮއްފަ ގިރިޓީ ހުރީ، ރަނުން ބޯވެ އޮހޮރޭނެ ގޮތަށޭ ހުރީ

    އެހާ އިރުތަކެއް ނުވެ އެއަށް ލޮނު ބުރީ، އެއިން ހިލުނު ދަބަރުން ލަދުން ރޫޅުނީ

 

އެތާ ދީފަ ހުރި ލޯބި އަނބުރާ ނެގީ، އެހާ ލޯބި ވެވުމުން ލަދުން އިސް ޖެހީ

   އެތާ ހާދަ ގަދަރެއް އެއަށް ލިބިފަ ވީ، އެ ގަދަރާއި ލޯތްބާ މުޅިން ގެއްލުނީ

 

ކިހާ އިރަކު އެގޮތަށް އަނދުން އަޅުވަނީ، ފިލާ ގޮސް އެ ދިއުމުންނެ ބޭޒާރުވީ

  މިހާ ސާފުކޮށް އަސްލު ފެނިފާ ވުމުން، ނިހާއީ މި އުންމީދުތައް ގެއްލުނީ

 

އެމާ ހާދަ ރީއްޗަށް މިތާ ފޮޅިލިއޭ، އެހާ ވަސް މިތަނުގާ ފެތުރިގެން ދިއޭ

  އެމާ އިރުކޮޅެއްނުވެ މިލާ ގޮސްފިއޭ، އެ މަލުގާވި ކުލަޔާ ވަހާ ގެއްލުނީ

 

އެއަށް ޖެއްސި މާބުރު ބަޅިނދު އަދި ކޮކާ، މުޅިން ފޫހިވެގެނޭ ދުރަށް ހުރެ ދިޔާ

  އެއަށް ދެން ނެތޭ ގާތްވި މެއްސެއް ވިޔަސް، އެހާލުގަ އެތާ އޮއެމެ ވީރާނަވީ