ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން، ވަޅުގައި އޮންނަ ބޮއް ބޯވަރެއް ނޭނގޭނޭ ބުނެ އުޅޭ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ ހަގީގަތުގައި ސިޔާސީ މައިދާނުގައި މިޒަމާނުގައި ވަރަށް އާއްމުކޮށް ބޭނުން ކުރެވިދާނެ އަދަބީ ބަހެކެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ ވަޅެއްގެ ތެރޭގައި އޮންނަ ބޮކެއްގެ ވާހަކައެވެ. ވަޅު ނިސްބަތް ކޮއްފައި އެ ވަނީ ފެން ވަޅަށެވެ. ފެން ވަޅުގެ ފެންގަނޑު ތެރޭގައި ބޮކެއް އޮވެމެ، އެ ބޮއް އެ ވަޅުގެ ފެންގަނޑުން ފެންބޯ މިންވަރެއް ނޭނގޭނެކަން މި ބަހުގެ ބަހަވީ މާނައިން އެނގެއެވެ.

މި ބަހުގެ މުސްކުޅި މާނަ އަކީ ހިސާބު ނުބެލޭގޮތަކަށް އޮންނަ މުދާގަނޑެއް ހަވާލުވެފައިވާ މީހާ، އެމުދަލުން ބޭނުންކުރާވަރެއް ނޭނގޭނެއޭ ބުނާ މާނައެވެ. މީހަކާ ހަވާލު ކުރެވިފައިވާ ބޮޑު ރައުސުލްމާލެއް ނުވަތަ ގިނަ އަދަދެއްގެ ފައިސާ، އޭގެ ތަފްސީލުތަކާއި އެކު ނުބެލެހެއްޓޭނަމަ، އެ ރައުސުލްމާލެއް ނުވަތަ ފައިސާއެއް ހަވާލުވެފައިވާ މީހަކު، އެ ތަކެތިން ބޭނުމެއް ކުރާނަމަ، ކުރާމިންވަރެއް ހަމަ އެއްގޮތަކަށްވެސް ސާފުވާން ނޯންނާނެކަން ބުނެދިނުމަށްވެސް މި ބަސް ބޭނުންކޮށް އުޅެއެވެ. އަދި ގަސްތުގައި އެފަދަ ތަފްސީލުތައް ނުބަލަހައްޓާ އެގޮތަށް ފައިސާ ހަވާލު ކުރެވިފައިވާ މީހަކު އުޅޭނަމަވެސް މި ބަސް އެމީހަކަށް ރައްދު ކުރެވިދާނެއެވެ.