ބަހާ އަމަލުން ކުރުން ޝަކުވާ، ރަނގަޅު ނޫނޭ ތިތާ ހުރެގެން

   ކަހާ އެތަނާ މިތަން ހިރުވާ، ނުލާ ބައެކޭ ކުރިން ތިޔައީ

 

މިތާ ނޫޅެންޏަކާ އަމުދުން، މިތާ ކަންކަން ކުރަން ނޫޅޭ

   ހިތާ ހިތުގައި އޮތަސް ލޯތްބެއް، މިތާ ނޫޅޭ ބައެއް ތިޔައީ

 

ހިތުން މޮޅުގޮތްތަކާ ކަންކަން، ބުނޭ ޗުއްޓީގަ ހުރެ ރަށުގާ

   ކަތުން ތިޔަހެން އުޅޭތީއޭ، އަޅާނުމެލާ ބައެއް ތިޔައީ

 

ރަށުގެ މީހެއް ވިޔަސް ހެވެޔޭ، ރަށުގަ ނޫޅެންޏަކާ ހެވެޔޭ

   ރަށުގެ ކަންކަމާ ބެހުމެއް، ރަނގަޅު ނުމެވާ ބައެއް ތިޔައީ

 

ރަށުގެ ހާލަތު އެނގޭ ބުންޏަސް، ހަގީގަތަކީ ނުވެސް އެނގެޔޭ

   ރަށަށް އައިސް ހުރެ ތިހެން ނުކިޔާ، ތަށުގަ ނޫޅޭ ބައެއް ތިޔައީ

 

މިތާ ހާލަތު ތަނުގެ ހާލަތު، މިތާ ނޫޅޭ ބަޔަކު ނުދަނޭ

   މިތާ ނޭނގޭ އިރުގަ ގޮތްތައް، ކިޔުން ރީއްޗެއް ނުވާ ބައެކޭ