ތިމާ ހިތް ރުހި އެދޭ ކުލަޔާ، އެހެންކުލަތައް ދެކެން ވާނޭ

          ތިމާ ނޫނަސް މިދުނިޔޭގައި، އުޅޭ އެތަކެއް ބައެއް އަމުދުން

 

ދުވަސްވަރުގައި ސިޔާސީކަން، އިތުރު ވިޔަކަސް ދެކެން ވާނޭ

           ދުވަސްވީ މީހުނާ ޅަކުދިން، ޖަމާއަތުގައި އުޅޭ އަމުދުން

 

އިތުރުވެވިފާ މިވާ ކުޅިގަނޑު، ހުރަސް ނުކުރާ ގެޔެއް ނުވެޔޭ

          މިތުރު އަބަދަށް ދުރަށްދާނޭ، ކަމެއް ނުކުރޭ އަހުން އުހުތުން

 

އަރާ ފޯރިން ކެކޭ ލޭތައް، އުދާސް ތަކަކަށް ހަދާލާށޭ

          އަރާ ގިނިގަނޑު އެހާ ގަދަޔަށް، އަނދާ އަޅިއަށް ހަދާ ނުލަމުން

 

ނަފުސު ނައްޓައިން އެދާ އިރުގާ، ސިކުނޑި އިސްކޮށް ބަލާ ކަތުނޭ

         ހަފުސް ވެދަނީ ގުޅުންތަކެކޭ، ލެއިން އޮލަކޮށް އެވާ އަމުދުން

 

ވުމަށް ނޭނގޭނެ ނަމަ އަމުދުން، ސިޔާސީ ވާން ކަތުން ނޫޅޭ

       ވުމުން އެގޮތަށް ވަނީ ޒާތީ، ސިޔާސީކަން ދަނީ ފިލަމުން

 

ގަޔަށް އަތްލާ ކަރަށް ފައިލާ، މިއެއް ނޫނޭ ސިޔާސީ ވުން

       މަޔަށް ދަރިއަށް ބަލާ ނުމެލާ، އުޅުން ނުވެޔޭ ސިޔާސީ ވުން