ތެމިގެން އުޅުން ހަނދާންވޭ، އަހަރެން ވަރަށް ހަނދާންވޭ

   ތެމިގެން ކުޅެން އުޅޭތީ، އަހަރެން އުފާ ވަރަށް ވޭ

 

ވިއްސާރަ ބޯ ވެހޭތީ، ނުކުމެން ދުވަން ފަށާނޭ

   ހިއްސާ ކުރަން އުފާތައް، އެކުވެރި ކުދިން ވަށާ ވޭ

 

ނުރުހުންވެފާ ހިޔަލުގާ، އަހަރެންގެ މަންމަ ހުއްޓޭ

   ނުރުހުންވިޔަސް އަހަރުމެން، ވިއްސާރަޔާ ތެމެން ވޭ

 

ޗަކަ ފެންގަނޑަށް އެރޭނޭ، އެތަނުގާ ތަޅާނެ ބަކަވެސް

   ސަކަރާތުގާ މަޖަލުގާ، އެތަކެއް ވަގުތު ގުނަން ވޭ

 

ޖެހިގެން އަރާ އިރާއެކު، ރޯގާ މަށަށް ޖެހޭނޭ

   ޖެހިގެން ދެތިން ދުވަސްވެސް، މިކަމުގެ އުޅެން މަށަށް ވޭ

 

އެއްޗެހި ފަށެއް ކިޔާނޭ، ރޯގާގަ ބަލިވެ ދިއުމުން

    އެއްޗެހި ކިޔަސް ހެވޭ ދެން، ވިއްސާރަޔާ ތެމެން ވޭ