2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޕެންޑަމިކްގެ ސަބަބުން ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް ވެސް އޭގެ ނޭދެވޭ އެތައް އަސަރެއް ކުރިއެވެ. އެގޮތުން ސިނަމާތައް ބަންދުކޮށް އެތައް ފިލްމުތަކެއް ރިލީޒްނުކުރެވި ލަސްވެގެން ދިޔައެވެ. އަދި ބައެއް ފިލްމުތައް ސީދާ އޯޓީޓީ ޕްލެޓްފޯމުތައް މެދުވެރިކޮށް ރިލީޒްކުރަން ޖެހުނެވެ. 

ޕެންޑަމިކަށްފަހު އަލުން ސިނަމާތައް ހުޅުވުމުން އެތައް ފިލްމުތަކެއް ވަނީ ރިލީޒްކުރުން އަވަސްކުރަން ބޭނުންވެފައެވެ. އެހެންކަމުން ސިނަމާތަކުގައި އެޅުވި ބައެއް ފިލްމުތައް ވެސް 04 ޙަފްތާ ފަހުން އޯޓީޓީތަކުގައި ވަނީ ސްޓްރީމްކުރަން ފަށައިފައެވެ. މީގެ ކުރިން ފިލްމުތައް ރިލީޒްކުރަމުން އައީ ފިލްމު ސިނަމާގައި ރިލީޒްކުރާތާ 08 ޙަފްތާ ފަހުން އޯޓީޓީއިން ސްޓްރީމްކުރާގޮތަށެވެ. ނުވަތަ ޤަވާޢިދާ އެއްގޮތަށެވެ. ނަމަވެސް ފަހުން މިކަން ބަދަލުވެގެން ދިޔައީ އެތައް ބަޔަކު މިކަމަށް އެއްބާރުލުން ދީ 08 ޙަފްތާ ނުވަނީސް ފިލްމުތައް އޯޓީޓީތަކަށް ސްޓްރީމްކުރަން ފެށުމުންނެވެ. މިކަމުގެ ސަބަބުން ބައެއް ފިލްމުތައް ވަނީ ބޮކްސް އޮފީހުގައި ވަރަށް ނާކާމިޔާބުވެފައެވެ. އެއީ ސިނަމާގައި ފިލްމު އަޅުވައިފައި މާ ގިނަ ދުވަސްތަކެއް ނުވަނީސް އޯޓީޓި ޕްލެޓްފޯމުތަކަށް ސްޓްރީމް ކުރާތީއެވެ.

2022: A RARE year when all the top 50 actors would have a Hindi film  release : Bollywood News - Bollywood Hungama

ނަމަވެސް މިހާރު، ސްޓޭކްހޯލްޑަރުން ނިންމާފައިވަނީ ކުރިއެކޭ އެއްގޮތަށް ރިލީޒްކުރާ ކޮންމެ ފިލްމެއް ވެސް 08 ޙަފްތާ ސިނަމާގައި ހަމަކުރުމަށްފަހު އޯޓީޓީއަށް ސްޓްރީމްކުރާށެވެ. އެހެންކަމުން ބޮލީވުޑްގައި އަންނަން ހުރި ފިލްމުތައް ކަމަށްވާ "ލާލް ސިންގ ޗައްޑާ" އާއި "ރަކްޝާ ބަންދަން" ފަދަ ފިލްމުތައް އޯޓީޓީ ޕްލެޓްފޯމުތަކަށް ރިލީޒްކުރާނީ ސިނަމާތަކުގައި އަޅުވާ 08 ޙަފްތާ ހަމަކުރުމަށްފަހުގައެވެ.