ދިވެހި ފިލްމް "ނީނާ" ގެ އާ ޓީޒާ ޓްރެއިލަރއެއް ދައްކާލައިފިއެވެ.
އައި ފިލްމްސްގެ ދެވަނަ ފީޗަރ ފިލްމަކީ ކާމިޔާބު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ގެ ކްރައިމް ތްރިލަރ އެކެވެ.
އާސިމް ޢަލީ އާއި އަޙްމަދު ވަހީދު ޕްރޮޑިއުސްކޮށް، 'އައި ފިލްމްސް' އިން ގެނެސްދޭ ނީނާ މި އަހަރުގެ އޮގަސްޓް 6 ގައި އޮލިމްޕަހުގައި އެޅުވުމަށް މިހާރުވަނީ ނިންމާފައެވެ. އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑުން ފެނިގެން ދާނީ އިއްލެ ގެނެސްދިން ފިލްމް "ބަވަތީ"ގެ ވެސް ލީޑުން ފެނިގެން ދިޔަ ނުޒުހަތު ޝުޢައިބް އެވެ.
މީގެ އިތުރުން ފީޗަރ ފިލްމަކުން އަލަށްފެންނަ ޝަރަފް ޢަބްދުﷲ، ހަމްދޫން ފާރޫގް، ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
މީގެ އިތުރުން ވެސް މި ފިލްމް އިން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ވެސް ހިމެނެއެވެ.
ގާތްގަނޑަކަށް 6 ލައްކަ ރުފިޔާގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ 30 ޝޯވ ދެއްކުމަށް ވަނީ ނިންމާފައެވެ. ނަަމަވެސް ޓިކެޓް ވިއްކަން ފަށާނެ ތާރީޚެއް އަދިހާމައެއް ނުކުރެއެވެ.
ހިތްވަރުގަދަ އަންހެނެއްގެ ވާހަކަތައް ދައްކައިދޭ މި ފިލްމުގެ ރަސްމީ ޕޯސްޓަރާއި ޓީޒާ ޓްރެއިލަރ، ކެރެކްޓަރ ޕޯސްޓަރު، ޕްރޮމޯޝަނަލް ލަވަ އަދި މެއިން ޓްރެއިލަރ ވަނީ ދައްކާލާފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން