ޝާހްރުކްގެ ކުރިއަށް އޮތް ފިލްމު ޖަވާންގެ ލަވަ ޗަލެޔާގެ ޓީޒަރ އެއް ދައްކާލައިފިއެވެ. ސެޕްޓެމްބަރުގަ ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ތަމަޅަ ފިލްމްމޭކަރ އެޓްލީގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. ހަމައެހެންމެ ތަމަޅަ ސިނެމާގެ ސުޕަރސްޓަރ ނަޔަންތަރާވެސް މި ފިލްމާއެކީ އަލަށް ބޮލީވުޑަށް ނިކުންނާނެއެވެ. ފިލުމުގަ ނަޔަންތަރާ ފެނިގެންދާނީ އަންހެން ލީޑް ރޯލުންނެވެ.
ފިލްމުގެ ޗަލެޔާ ލަވައިގެ ޓީޒަރ ނެރުނުއިރު މި ލަވައިން ފެނިގެންދަނީ ޝާހްރުކްއާ ނަޔަންތަރާއެވެ. އަދި ޓީޒަރ އަށްވަނީ ސޯޝަލްމީޑިއާގަ ބޮޑު ތަރުޙީބެއް ލިބިފައެވެ.
މީގެ ފުލް ލަވަ މާދަމާ ރިލީޒްކުރާނެއެވެ. އަނިރުދް ރަވިޗަންދަރް ގެ މިއުޒިކަށް ޗަލެޔާ ލަވަ ކިޔާފައިވަނީ އަރިޖީތް ސިންގް އަދި ޝިލްޕާ ރާއޯއެވެ. ލަވަ ކޮރިއޮގްރާފް ކުރީ ފަރާ ޚާނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން