ސަނީ ޑިއޯލް އަދި އަމީޝާ ޕަޓޭލްގެ ގަދަރް-2 އަށް ދަނީ ބޮކްސްއޮފީހުގަ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެންމެ 6 ދުވަހުން މި ފިލްމު މިވަނީ އިންޑިއާއިން އެކަނި 250 ކްރޯޑް ރުޕީސް ހަމަކޮށްފައެވެ. އެހެންކަމުން 300 ކްރޯޑް ރުޕީސް ހަމަކުރުން އޮތީ ދެން މާ ދުރަކު ނޫނެވެ.
ހުކުރު ދުވަހު (އޮގަސްޓް 11 ވަނަ ދުވަހު) ރިލީޒް ކުރި މި ފިލްމަށް އެ ދުވަހު އިންޑިއާގެ ތިއޭޓަރުތަކުން ޖުމުލަ 40 ކްރޯޑް ރުޕީސް ލިބުނެވެ. އަދި އަންގާރަ ދުވަހު (އިންޑިއާގެ މިނިވަން ދުވަހު) ފިލްމަށް 55 ކްރޯޑް ރުޕީސް ލިބުނެވެ. މިހާތަނަށް މިއަހަރުގެ އެންމެ ކާމިޔާބު ފިލްމަކަށް އަދި އޮތީ ޝާހްރުކްގެ ޕަތާނެވެ. ބެލެވޭ ގޮތުގައި މި ފިލްމު ޕަތާން ފަހަތަށް ޖައްސާލާނެއެވެ.
ފިލްމަށް ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސަނީ ޑިއޯލް ބުނެފައިވަނީ ފިލްމު ރިލީޒް ކުރުމުގެ ކުރިން އޭނާ ހުރީ ބެލުންތެރިން ފިލްމާ މެދު ދެކޭނެ ގޮތަކާމެދު ވަރަށް ސްޓްރެސްވެފައި ކަމަށެވެ. އަދި ފިލްމު ރިލީޒް ކުރުމުން ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ފެނި އުފަލުން ރޮވުނު ކަމަށްވެސް ސަނީ ވަނީ ބުނެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން