މިއުޒިކް އާޓިސްޓް އަދި ފެޝަން ޑިޒައިނަރ ކާންޔޭ ވެސްޓް އަނެއްކާވެސް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމައިފިއެވެ. 2020 ވަނަ އަހަރުވެސް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާ ކާންޔޭވަނީ ކެމްޕޭނަށް 12.4 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. އެފަހަރު އޭނާގެ ސިޔާސީ ޕާޓީއަށް އޭނާ ދިން ނަމަކީ "ބަރތްޑޭ ޕާޓީ" އެވެ.

ދަ ސަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުންނަމަ އޭނާގެ ކުންފުނި ޔީޒީ ހިންގުމަށް ޑޮވް އަދި އޭނާގެ މިހާރުގެ އަނބިމީހާ ބިއާންކާއާ ހަވާލުކުރުމަށްފަހު އޭނާ މިހާރު އަންނަނީ ކެމްޕޭނަށް ތައްޔާރުވަމުންނެވެ. ކުރީގެ އަނބިމީހާ އަދި އޭނާގެ ހަތަރު ދަރިންގެ މަންމަ، ކިމް ކަރޑާޝިއަންއާ ވަރިވުމަށްފަހު އޭނާގެ ދިރިއުޅުން ކުރިއަށްވުރެ ހަމަޖެހި އާއްމުންގެ ލޯތަކުންވެސް ތަންކޮޅެއް ދުރުވެފައިވާތީ ރައީސްކަމުގެ ކެމްޕޭނަށް ތައްޔާރުވާން އޭނާއަށް މިދުވަސްވަރު ފަސޭހަވާނެކަމަށްވެސް ދަ ސަން އިން ވަނީ ރިޕޯޓްކޮށްފައެވެ.

ކާންޔޭ ކުރީގެ އަނބިމީހާ ކިމް އަދި ދެމީހުންގެ ހަތަރު ދަރިންނާއެކު

 

މިހާރުގެ އަނބިމީހާ ބިއާންކާ ސެންސޯރީއާއެކު އިޓަލީގަ މިދުވަސްކޮޅު ދިރިއުޅެމުންދާ ކާންޔޭ ރައީސް ކަމަށް ކުރިމަތިލާން ނިންމިއިރު ބިއާންކާ މިހާރަކަށް އައިސް އާންމު ތަންތަނުގައި، ޔޫރަޕްގެ ސްޓެންޑަރޑުންވެސް، އާދަޔާ ޚިލާފަށް ނިވާކަން ކުޑަ ހެދުންތައްލާކަމަށް ބުނެ ދެމީހުންނަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ކާންޔޭ މިހާރުގެ އަނބިމީހާ ބިއާންކާއާއެކު