ސިއްސުވާލާފަދަ ގޮތަކަށް ޕްރޮޑިއުސަރު ހޮމްބަލޭ ފިލްމްސް އިން އެ ފިލްމުގެ އެކްޝަން ޕެކްޑް އެންޓަޓެއިންމަންޓް ފިލްމު، "ޕްރަބާސް" ލީޑް ރޯލުން ފެނިގެންދާ "ސަލާރް"ގެ ކްރިސްމަސް ރިލީޒެއް ލޮކްކޮށްފިއެވެ.

އިތުބާރުކުރެވޭ މަޞްދަރަކުން ބުނެފައިވާ ގޮތުގައި "ސަލާރް"ގެ އާ ރިލީޒް ތާރީޚާ ބެހޭ ގޮތުން އިޢުލާނެއް ކުރަން ކައިރިވެއްޖެއެވެ. މި ޚަބަރު ލިބިފައިވަނީ ޕްރަޝާންތު ނީލް އޭނާގެ ކްލައިމެކްސް އަލުން ޝޫޓް ކުރަން ނިންމި ވާހަކަ ބޮލީވުޑް ހަންގާމާއިން ރިޕޯޓްކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ. 

އެގްޒިބިޝަން ސެކްޓަރއަކުން މަޢުލޫމާތު ލިބޭ ގޮތުގައި، 'އޭ.އޭ ފިލްމްސް'އިން ލިބުނު އީމެއިލްއެއްގައި ބުނެފައިވަނީ "ސަލާރް" ސިނަމާތަކުގައި އަޅުވާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 22ވަނަ ދުވަހުއެވެ. އަދި މިވާ ގޮތުން މި ފިލްމު ޝާހްރުކް ޚާންގެ "ޑަންކީ"އާ ބޮކްސް އޮފީހުގައި ކުރިމަތިލާންޖެހޭނެއެވެ.

Salaar - IMDb

އެގްޒިބިޓަރު އިތުރަށް މަޢުލޫމާތު ދިން ގޮތުގައި މިގޮތަށް ނިންމާފައިވަނީ ކްރިސްމަސްއާ ގުޅިގެން މުޅި ދުނިޔޭގައި ޗުއްޓީ ދުވަސްވަރުގެ ފައިދާ ހޯދުމަށެވެ. "ހޮމްބަލޭ އާއި ޕްރަބާސް ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ދެ ފިލްމެއް ޖައްސާލެވޭ ވަރަށް ސްކްރީން އެބަހުރި... 3 ހަފްތާގެ ދިގު މުއްދަތެއް ދޭނަން! ޑިސެންބަރު 22 ގައި 'ޑަންކީ'އާ ކުރިމަތިލުމަކީ ސްޓްރެޓެޖިކް ފިޔަވަޅެއް" އެގްޒިބިޝަން ސެކްޓަރއިން އިތުރަށް ޙިއްޞާކުރިއެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން ރަސްމީކޮށް މިކަން އިޢުލާން ކުރާނީ 2023 ސެޕްޓެންބަރު 29 ވާ ހުކުރު ދުވަހުއެވެ.

"ސަލާރް"އަކީ މަޝްހޫރު "ކޭ.ޖީ.އެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މިފިލްމާއި "ކޭ.ޖީ.އެފް"އާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮންނާނެ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.