ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ތަފާތު ޓްރެންޑްތަކެއް ވަނީ އެކި ގޮތް ގޮތަށް ބޮކްސް އޮފީހުގައި ކާމިޔާބު ކޮށްފައެވެ. އެގޮތުން މިޘާލަކަށް ބަލާނަމަ ސަލްމާން ޚާންގެ "ދަބަންގ"އަކީ މިފަދަ އެއްޗެކެވެ. "ދަބަންގ"އަށް ފަހު ފިލްމުގެ ފްރެންޗައިޒް އިތުރަށް ފުޅާވަމުން ދިޔައެވެ. އަދި ލަސްތަކެއް ނުވެ އިތުރު ކޮޕް ޔުނިވަރސްއެއް ވެސް ބޮލީވުޑަށް ތަޢާރަފްވެގެން ދިޔައެވެ. ލަފާކުރެވޭ ގޮތުގައި އިންޑިއާގައި ދެން ގުގުމާލާނީ އިންޑިއަށް އެއަރފޯސްގެ އެކި އެކި ޔުނިވަރސްތަކެވެ.
01. ތޭޖާސް
ފިލްމުގެ ލީޑް ރޯލުން ތޭޖާސްގެ ނަމުގައި ފެނިގެންދާނީ ކަންގާނާ ރާނޯޓެވެ. ފިލްމުގައި ކަންގާނާއަކީ އިންޑިއަން އެއަރފޯސްގެ ޕައިލެޓެކެވެ. ފިލްމުގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ދުޝްމަނު ބައެއްގެ ކިބައިން އިންޓެލިޖެންސް އޭޖެންޓެއް ސަލާމަތް ކުރަން އުޅޭ މަންޒަރެވެ. ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ މިފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023 އޮކްޓޫބަރު 27 ވާ ހުކުރު ދުވަހުއެވެ. "ތޭޖާސް"ގައި ކަންގާނާގެ އިތުރުން ވަރުން މިތުރާއާއި އަންޝުލް ޗޯހަން ވެސް ފެނިގެންދާނެއެވެ.
02. ފައިޓަރ
"ފައިޓަރ"އަކީ ސިދާތު އާނަންދާއެކު ރިތިކް ރޯޝަން ގުޅިގެން އުފައްދާ ތިންވަނަ ފިލްމެވެ. އޭނާ ދީޕިކާ ޕަދުކޯން އާއި އަނިލް ކަޕޫރާއެކު އެއާފޯސް ޕައިލެޓްގެ ރޯލުން ފެނިގެންދާއިރު، މިއީ އިންޑިއާގެ ފުރަތަމަ އެރިއަލް އެކްޝަން ފްރެންޗައިޒް ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ޖަނަވަރީ 25ގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް މި ފިލްމަކީ ވިއަކޮމް18 ސްޓޫޑިއޯސްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ ފިލްމެކެވެ.
03. އޮޕަރޭޝަން ވެލެންޓައިން
"އޮޕަރޭޝަން ވެލެންޓައިން"ގައި ވަރުން ތޭޖާއި މަނޫޝީ ޗިލާރް ލީޑް ރޯލުތަކުން ފެނިގެންދާނެއެވެ. މިފިލްމުން އެއާފޯސްގެ އިންޑޮމިޓެބަލް ރޫހާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދައްކާލާނެއެވެ. އެއާފޯސް ޕައިލެޓެއްގެ ރޯލު ވަރުން ކުޅޭއިރު މަނޫޝީ ކުޅެނީ ރާޑަރު އޮފިސަރުގެ ރޯލެވެ. "އޮޕަރޭޝަން ވެލެންޓައިން" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 8ގައެވެ. ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ޝަކްތީ ޕްރަތާޕް ސިންގ ހާޑާއެވެ. މިއީ ޝަކްތީގެ ފުރަތަމަ ޑައިރެކްޝަން ކަން ވެސް ފާހަގަކޮށްލަމެވެ.
04. ސްކައި ފޯސް
"ސްކައި ފޯސް"ގެ ލީޑުގައި އަކްޝޭ ކުމާރު ފެނިގެންދާއިރު، މިއީ އިންޑިއާގެ ވައިގެ ސިފައިންގެ އެންމެ ބޮޑު އެއް ކާމިޔާބީ ފާހަގަކުރާ ޙަޤީޤީ ދިރިއުޅުމުގެ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަބީޝޭކް ކަޕޫރާއި ސަންދީޕް ކެއުލާނީ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ފިލްމުގެ މައިގަނޑު ރޯލުތަކުން ސާރާ ޢަލީ ޚާނާއި ވީރް ޕަހާރިޔާ ވެސް ފެނިގެންދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން