ދިލިޕް ކުމާރަކީ ހިންދީ ފިލްމީ ދާއިރާގެ އެންމެ މޮޅު އެއް އެކްޓަރެވެ. ގިނަ ފަހަރަށް މެތޯޑް އެކްޓިންގެ ފަންނުވެރިއެއްގެ ގޮތުގައި ބެލެވޭ އޭނާ އިންޑިއާގެ ސިނަމާގައި ފިޔަ ޖަހާލީ މީގެ އަހަރުތަކުން ކުރިންނެވެ.

މިއަދު ދިލިޕް ކުމާރުގެ އުފަންދުވަސް ފާހަގަ ކުރަމުންދާއިރު، އޭނާގެ އަންހެނުން، ބަތަލާ ސައިރާ ބާނޫވަނީ އޭނާ އާއި އެކު ހޭދަ ކުރެވުނު އުފާވެރި ވަގުތުކޮޅު ދައްކުވައިދޭ ފޮޓޯތަކެއް އާންމުންނާއި ހިއްސާކޮށްފައެވެ. 

ސައިރާ ބާނޫ އިންޑިއާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ފިރިމީހާ، އެކްޓަރު ދިލިޕް ކުމާރާ ފުރަތަމަ ބައްދަލުވީގޮތް އާންމުންނާއި ހިއްސާކޮށްފަ އެވެ. އޭނާ ހިއްސާކުރި ގޮތުގައި ފުރަތަމަ ފަހަރަށް އޭނާ އަށް އެންމެ ފުރަތަމަ ދިލިޕް ފެނުމާއި އެކު ވަގުތުން އޭނާދެކެ ލޯބިވެވުނުކަމަށެވެ. ހައިރާންވާންޖެހޭ ކަމަކީ އޭރު އޭނާގެ އުމުރުން އެންމެ 12 އަހަރު ކަމެވެ.

ސާއިރަ ބާނޫ ބުނި ގޮތުގައި، އޭނާ އަށް އެންމެ ފުރަތަމަ ދިލިޕް ކުމާރު ފެނުނީ މުމްބާއީގެ މެހްބޫބް ސްޓޫޑިއޯސް އިން ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެ ދުވަހު ދިލިޕް ލައިގެން ހުރީ އާދައިގެ ހުދު ގަމީހަކާއި ހުދު ފަޓުލޫނެއް ގެ އިތުރުން އޭނާ އަރައިގެން ހުރީ ހުދު ފައިވާނަކަށް ކަމަށެވެ. އަދި އޭނާ އަށް ދިލިޕް ހަމަ ފެނުމާއި އެކު އޭނާގެ ހިތުގައި ދިލިޕް އަށް ހާއްސަ ޖާގައެއް އުފެދިގެން ދިޔަކަމަށާއި އޭނާގެ ސިކުނޑީގައި ވަގުތުން ކުރީގެ ލަވައެއް ކަމުގައިވާ "ޒުލްފެން ޖަބް ޖަބް ތެރީ" ކުޅެވިގެން ދިޔައެވެ.

މި އިންޓަވިއުގައި އޭނާ އިތުރަށް ބުނީ، 2021 ވަނަ ދިލިޕް ދުނިޔެ ދޫކުރުމުން އޭނާގެ ހަޔާތަށް ވަރަށް ބޮޑު ހުސްކަމެއް ކުރިމަތިވިކަމަށެވެ. އޭނާ އެންމެ ހަދާން ވަނީ ދިލިޕް އައިސީޔޫގައި ބާއްވާފައި އޮތް އިރު އޭނާ ދިލިޕް ކައިރީގައި ބިންމަތީގައި ކުނާ އަޅައިގެން ނިދިހަދާން ކަމަށެވެ.

އަދި އޭނާ ބުނި ގޮތުގައި އަދިވެސް އޭނާ އަށް ދިލިޕްގެ ހަދާން ތަކުން ދުރަށް ނުދެވޭކަމަށް ވެސް ބުނެފައިވެއެވެ.