"ޑެމްސެލް" އަކީ 2024 ވަނަ އަހަރު ރިލީޒްކުރި އެމެރިކާގެ ޑާކް ފެންޓަސީ ފިލްމެކެވެ. މި ފިލްމަކީ ހުއާން ކާލޯސް ފްރެސްނާޑިލޯ ޑައިރެކްޓްކޮށް، ޑޭން މަޒޭއޯ ލިޔެފައިވާ ފިލްމެކެވެ. މިލީ ބޮބީ ބްރައުން ކުޅެފައިވަނީ ކައިވެނީގެ ހުށަހެޅުމެއް ގަބޫލުކުރާ އެލޯޑީގެ ރޯލުންނެވެ. މި ފިލްމުން ދެން ފެނިގެންދާ ކާސްޓުންގެ ތެރޭގައި ހިމެނެނީ؛ ރޭ ވިންސްޓަން، ނިކް ރޮބިންސަން، ޝޯހްރެ އަގްދަޝްލޫ، އެންޖެލާ ބެސެޓް، އަދި ރޮބިން ރައިޓް އެވެ.

"ޑެމްސެލް"، ނެޓްފްލިކްސް އިން މިކްސްޑް ރިވިއުތަކަކާއިއެކު ސްޓްރީމް ކުރަން ފެށީ 2024 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ.

އޯރިއާގެ ފުރަތަމަ ރަސްގެފާނު އޭނާގެ ސަރަހައްދުގައި ދިރިއުޅޭ ޑްރެގަންއަކަށް ހަމަލާދިނުމުން ރަސްގެފާނުގެ ހުރިހާ މީހުން އެޑްރެގަން މަރާލާ، ރަސްގެފާނު ދޫކޮށްލަނީ ޑްރެގަންގެ ޝަރުތަކާއިއެކުއެވެ.

އޭގެ އަހަރުތަކެއް ފަހުން ލޯޑް ބެއިފޯޑްގެ ފުރާވަރުގެ އަންހެން ދަރިފުޅު އެލޯޑީއަށް ރަސްގެފާނުގެ ދަރިފުޅު ޕްރިންސް ހެންރީއާ ކައިވެނި ކުރުމަށް އޯރިއާގެ ރާނީ އިޒާބެލްގެ ހުށަހެޅުމެއް ލިބެ އެވެ. ބައްޕަގެ އިލްތިމާސެއްގެ މަތިން އެލޯޑީ އެ ކައިވެންޏަށް އެއްބަސްވަނީ އެމީހުންގެ އަވަށުގެ ނިކަމެތި މީހުންނަށް އެހީތެރިވުމަށްޓަކައެވެ. އޯރިއާއަށް އާދެވުމުން އެލޯޑީ އާއި ހެންރީ ފުރަތަމަ ދެމީހުންވެސް އެކަކު އަނެކަކަށް ޝައުގުވެރި ނުވާހެން ހީވި ނަމަވެސް ފަހުން ގުޅުން ބަދަހިވާން ފަށައެވެ. އެލޯޑީގެ ދޮންމަންމަ އަށް މިކައިވެނީގައި ނުބައެއް އުޅޭކަމާއި މިއީ ބޮޑު ރޭވުމެއްކަން އިހުސާސްވުމުން އެކަން ނުކުރުމަން އެތައް ފަހަރަކު އެދެއެވެ.

ނަމަވެސް އެލޮޑީއަށް ކަން ދިމާވަނީ ވަރަށް ވެސް ދެރަކޮށްނެވެ. ރަސްގެފާނު ޑްރެގަންއަށް އެެއްބަސްވެފައިވާ ޝަރުތު ފުރިހަމަ ކުރުމަށް ޤުރުބާން ކުރާ މީހެއްގެ ގޮތުގައި އެލޮޑީވެގެން ދެއެވެ، ކައިވެންޔަށް ފަހުގައި އަނދިރި ހޮހޮޅަތެރެއަށް އޭނާ އެއްލާލުމުން އެތަނުން ސަލާމަތްވާން އެތައް ހިތްދަތި ދަތި އުނދަގޫކަމަކާ އެލޮޑީއަށް ކުރިމަތިވެއެވެ.