"ދިލްބަރް" ގެ ރީމޭކުން ބެލުން ތެރިންގެ ހިތްތައް ފަތަހަކޮށް ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލި ނޯރާ ފަތޭހީއަކީ ރީތި ފަންނާނެކެވެ. އެހާމެ ކުޅަދާނަ ނެށުންތެރިއެކެވެ. މިހާރު ބައެއް ފިލްމުތަކުގައި ވެސް ކުދި ރޯލްތައް ކުޅެމުން އަންނަ ނޯރާއަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ފަރާތެކެވެ. އެހެންކަމުން މިއަދު މި ގެނެސްދެނީ ނޯރާގެ ޒާތީ އަދި މަސައްކަތާއި ގުޅިފައިވާ ކުޑަ މައުލޫމާތުކޮޅެކެވެ.

  • ނޯރާގެ އާއިލާ ގުޅިފައިވަނީ އިންޑިޔާގެ ޕަންޖާބަށެވެ. ނަމަވެސް ނޯރާގެ މައިންބަފައިންނަކީ މޮރޮކޯ އަދި ކެނެޑާއަށް ނިސްބަތްވާބައެކެވެ. ކެނެޑާގައި އުޅެބޮޑުވި ނަމަވެސް ނޯރާގެ ހިތުގައި އިންޑިޔާއަށް ވަރަށް ޚާއްސަ މަގާމެއް އަބަދުވެސް ދީފައިވެއެވެ.
  • ނޯރާ ބޮލީވުޑަށް ތަޢާރަފްވީ 2014 ވަނަ އަހަރު ނިކުތް "ރޯރް" އިންނެވެ. މިފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބެއް ނުލިބުނު ނަމަވެސް މި ފިލްމް ވެގެން ދިޔައީ ނޯރާގެ ކުރިމަގަށް ހުޅުވުނު ވަރަށް މުހިންމު ދޮރަކަށެވެ. މި ފިލްމަށް ފަހު ޖެހިޖެހިގެން 8 ޕްރޮޖެކްޓްގައި މަސައްކަތްކުރުމުގެ ފުރުސަތު ނޯރާއަށް ލިބުނެވެ.
  • ނޯރާއަކީ ބިގްބޮސް ސީޒަން-9 ގެ ބައިވެރިއެއް ވެސް މެއެވެ. ނޯރާ ބިގްބޮސްގެ ގެއަށް ވަނީ 58 ވަނަދުވަހުއެވެ. އަދި 84 ވަނަ ދުވަހާއި ހަމައަށް ނޯރާ އެ ގޭގައި ހުއްޓެވެ.
  • ނޯރާވަނީ ޖަލަކް ދިކްލާޖާގެ ސީޒަން-9 ގައިވެސް ބައިވެރިވެފައެވެ.
  • ނޯރާގެ ކެރިއަރުގެ ކުރީކޮޅުގައި ބައެއް މީހުން އޭނާއަށް ނަސޭހަތްދިނީ ރިއަލިޓީ ޝޯތަކާއި އައިޓަމް ލަވަތަކަށް އެކަނި ހުސްވެގެން ހުރުމަށެވެ. ނަމަވެސް ނޯރާއަށް ލިބުނު ކޮންމެ މަސައްކަތެއް އޭނާ ދިޔައީ ޝުކުރުވެރިކަމާއި އެކު ގަބޫލު ކުރަމުންނެވެ.
  • ނޯރާ ބޮލީވުޑްގެ މަސައްކަތްފެށި އިރު އޭނާވަނީ 8 އަންހެންކުދިންނާއި އެކު އެޕަރޓްމަންޓް ހިއްސާކޮށްފައެވެ.
  • އެދުވަސްވަރު ނޯރާ ހެދުނުގެ ޑިއުޓީ ރެސްޓޯރެންޓެއްގައި އަދާކުރުމަށްފަހު، ހަވީރު ކޯލް ސެންޓަރެއްގައިވެސް މަސައްކަތް ކުރިއެވެ.
  • ނޯރާގެ ކެރިއަރުގެ އެންމެ ކުރީކޮޅު އިންޑިޔާގެ އޭޖެންސީއަކުން ވަނީ 20 ލައްކަ ރުޕީސްގެ ޚިޔާނާތް ނޯރާގެ ފައިސާއަށް ވެފައެވެ. އަދި އެމީހުން ނޯރާގެ ޕާސްޕޯޓްވެސް ހިފެހެއްޓިއެވެ.
  • ނެށުމާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ނޯރާ މަސައްކަތް ކުރަން ނޯރާގެ އާއިލާއެއް ގަބޫލެއް ނޫނެވެ. އެމީހުން ބޭނުންވީ ނޯރާ ކޮންމެ ދުވަހަކު އެއްގަޑިއަކަށް ދާންޖެހޭ އާދައިގެ ވަޒީފާއެއް އަދާކުރުމަށެވެ.
  • ނޯރާގެ މައިންބަފައިން ވަރިވުމަށްފަހު މުޅިއާއިލާގެ ހުރިހާ ކަމެއްގެ ޒިންމާ ނަގަމުން އަންނަނީ ނޯރާއެވެ.
  • ނޯރާއަކީ ދިޝާ ޕަޓާނީގެ ވަރަށް ގާތް ރައްޓެއްސެކެވެ.
  • ނޯރާއަށް ފަރިތަކޮށް ހިންދީބަހުން ވާހަކަ ދައްކަން ނޭނގުމުގެ ސަބަބުން އޮޑިޝަންތަކުން ފޭލްކޮށް، ނޯރާއަށް ގިނަ މަލާމަތްވަނީ ރައްދުކޮށްފައެވެ.
  • ނިހާ ދުޕިޔާގެ ފިރިމީހާ އަންގަދު ބޭދީ އާ ނޯރާ ޑޭޓް ކުރި ކަމަށް ބުނެވެއެވެ. ނަމަވެސް ނިހާ ބަނޑުބޮޑުވުމުން އަންގަދުވަނީ ނޯރާ ދޫކޮށް ނިހާ އާ ކައިވެނިކޮށްފައެވެ.