ބޭނުންވާނެ ތަކެތި:

3 ކެރެޓް އަދި 1 ބީޓްރޫޓް
1 އިންޗި އިގުރު
2 ޖޯޑު ފެން
1/2 ލިނބޯ ހުތް( ބޭނުންނަމަ )

ތައްޔާރުކުރާނެގޮތް:
ފެންފޮދާއި، ކެރެޓާއި، ބީޓްރޫޓް އަދި އިނގުރު މިކްސަރަށް އަޅާ ހިމުންވަންދެން މުގުރާލާށެވެ. އެއަށްފަހު ރަހަމީރު ކޮށްލުމަށް ބޭނުންނަމަ ލިނބޯ ޖޫސް އެއްކުރެވިދާނެއެވެ. ޖޫސް ތައްޓަށް 2 ބެސިލް ފަތް އެއްކޮށްލުމުން ރަހަ ވަރަށް މީރު ވާނެއެވެ.

* ތަފާތު ވައްތަރުގެ ތަރުކާރީގެ ޖޫސްތަކުން ހަށިގަނޑު ތަފާތު ބަލިތަކުން ސަލާމަތްކޮށް ރަގަނޅު ސިއްހަތެއްގައި ބަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.