ބޭނުންވާ ތަކެތި: 

1/2 ޖޯޑު އޯޓްސް

1/2 ޖޯޑު ޔޯގަޓު

2 ދޮންކެޔޮ (ކޮށާފައި)

1/3 ޖޯޑު އާމަންޑްސް

1 ސައިސަމުސާ މާމުއި

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، މިކްސަރަކުން ރަނގަޅަށް ހިމުންވަންދެން އޯޓްސް މުގުރާލާށެވެ. އެއަށްފަހު ޔޯގަޓް، ދޮންކެޔޮ، އާމަންޑްސް އަދި މާމުއި އެއްކޮށްލުމަށްފަހު ރަނގަޅަށް މުގުރާލާށެވެ. ބޭނުންނަމަ އައިސްކިއުބް އެޅިދާނެ އެވެ.

 

*ހެނދުނުގެ ނާސްތާގައި އޯޓްސް ހިމެނުމަކީ ދުވަހުގެ އެހެން ވަގުތުތަކުގައި ކާ ކެއުން މަދު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.