ބޭނުންވާނެ ތަކެތި:

1/2 ޖޯޑު އޯޓްސް

1 ޖޯޑު ކިރު (ބޭނުން ބާވަތެއްގެ)

3 ކަދުރު (އޮށް ނަގާފަ)

1 ސައިސަމުސާ މުގުރި ފޮނިތޮށިކޮޅެއް (ބޭނުންނަމަ)

1 ދޮންކެޔޮ (ކޮށާފައި)

1 ސައިސަމްސާ ޗިއާ ސީޑްސް 

ބޭނުން ބާވަތެއްގެ ނަޓްސް (ކޮށާލާފައި)

1 ސައިސަމުސާ މާމުއި (ބޭނުންނަމަ)

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުޑަ ބޯތަށްޓަކަށް ނުވަތަ ފުޅިއަކަށް އޯޓްސް ކޮޅު އަޅާނީއެވެ. އެއަށްފަހު ކިރު ޖޯޑު އަދި ޗިއާ ސީޑް އެއަށް އަޅާފައި އެއްކޮށްލާނީއެވެ. ދެން މައްޗެއް ޖަހާފައި އޯޓްސްތަށި ފްރިޖުގައި 5 ގަޑިއިރު ބަހައްޓާނީއެވެ. ކާންވީމަ އޯޓްސް ފުރިޖުން ނަގާފައި ކަދުރު، ނަޓްސް އަދި ދޮންކެޔޮ އެއްކޮށްލާފައި ފޮނިތޮށިކޮޅުވެސް އެއްކޮށްލާނީއެވެ. މާ ބޮޑަށް ހިކި ނަމަ ކިރުކޮޅެއް އެޅިދާނެއެވެ.

 

* މިއީ ތައްޔާރުކުރަން ފަސޭހަ ހެނދުނު ގަޑިއަށް ރަނގަޅު އެއްޗެކެވެ. މޭވާގެ ބާވަތްތަކާއި ތަރުކާރީ އާއި އަދި އޮށުގެ ބާވަތްތައް އަޅައިގެން ވެސް އޯޓްސް ބޭނުން ކުރެވޭނެއެވެ. އޯޓްސްއަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ.