ބޭނުންވާ ތަކެތި:

8 މުރަނގަތޮޅި (ފެނުކައްކާފައި ތޮޅީގެ އެތެރޭގެ ބައި ގާނާއި ނަގާފައި)

1 ބޮޑު ފިޔާ (ކޮށާފައި)

4 ލޮނުމެދު (ކޮށާފައި)

1 ގިތެޔޮމިރުސް (ކޮށާފައި)

8 ހިކަނދިފަތް

1/2 އިންޗި އިނގުރު (ހިމުންކޮށްފައި)

1/2 އިންޗި ރާނބާފަތް

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ބޮޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

1 ގަނޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)

އޮލިވް އޮއިލް

ލޮނު

 

ތައްޔާރުކުރާނެ ގޮތް:

ތެއްޔެއްގައި އޮލިވް އޮއިލް އެޅުމަށްފަހު ފިޔާ، ލޮނުމެދު، އިނގުރު، ގިތެޔޮމިރުސް، ހިކަނދިފަތް އަދި ރާނބާފަތް އަޅައިގެން ފިޔާ ކޮޅަށް ރަން މުށި ކުލަ އަރަން ފަށަންދެން ކައްކާށެވެ.

އެއަށްފަހު ޓޮމާޓޯ އަދި ވަޅޯމަސްކޮޅު ވެސް އެއްކޮލާށެވެ. ދެން ގާނާފައި ހުރި މުރަނގަތޮޅި، އަސޭމިރުސް އަދި ލޮނު އަޅައިގެން މަޑު ގިނީގައި 5-3 މިނެޓް ކައްކާލީމަ އެ ނިމުނީއެވެ.