ބޭނުންވާ ތަކެތި:

600 ގްރާމް ބޯންލެސް ކުކުޅު (ކޮށާފައި)

5 ލޮނުމެދު (ހިމުންކޮށް ގާނާފައި)

1 ސައިސަމުސާ އޮރެގާނޯ

1 ސައިސަމުސާ މުގުރިމިރުސް

1 ސައިސަމުސާ ހިކިމިރުސް (ރާޅުކޮށް ހިމުންކޮށްފައި)

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ލިނބޯ ޖޫސް

ލެޓިއުސް (ކޮށާފައި)

1 ފިޔާ  (ކޮށާފައި)

2 ޓޮމާޓޯ (ކޮށާފައި)

100 ގްރާމް ޔޯގަޓް 

1 ސައިސަމުސާ ޗިލީ ސޯސް

ޕާސްލީ ފަތް (ކުދިކޮށް ކޮށާފައި)

ލޮނު

4 ޓޯޓިލާ ނޫނީ ރޮށި

އޮލިވް އޮއިލް

 

ތައްޔާރު ކުރާނެގޮތް:

ބޮޑު ތަށްޓަކަށް ކުކުޅާއި ލޮނު، މުގުރުމިރުސް، ރާޅު މުގުރިމިރުސް، އޮރެގާނޯ، ލިބޯ ޖޫސް، ލޮނުމިދު އަދި އަސޭމިރުސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތަވާ ހޫނުކޮށްލުމަށް ފަހު ކުކުޅު ކޮޅު ރޯފިލަންދެން ކައްކާލާށެވެ. ސޯސް ތައްޔާރު ކޮށްލުމަށް ބޯތަށްޓަކަށް ޔޯގަޓް އެޅުމަށްފަހު ޗިލީ ސޯސް، ލޮނު، 1 ލޮނުމިދު ، ލިބޯ ޖޫސް، އަސޭމިރުސް އަދި ޕާސްލީ ފަތްކޮޅުވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ރޮށީގެ މެދަށް ލެޓިއުސް އަޅާށެވެ. ދެން ތައްޔާރުކުރި ކުކުޅުމަސްގަނޑު އަޅާށެވެ. އެއަށްފަހު އޭގެ މައްޗަށް ޓޮމާޓޯ އަދި ފިޔާ އެޅުމަށްފަހު ތައްޔާރުކުރި ސޯސްވެސް އަޅާށެވެ. ދެން ރޮށީގެ އެއްކޮޅު ބެއްދުމަށްފަހު ރަނގަޅަށް އޮޅާލާށެވެ.

 

* ޗިކަން ރެޕް އަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދަމުން އަންނަ މަޝްހޫރު ކާ އެއްޗެކެވެ. ކުޅިކޮށް ކެއުމަށް ލޯބިކުރައްވާ ބޭފުޅުންނަށް މި ރެޕް ވަރަށް ކަމުދާނެއެވެ.