ބޭނުންވާނެ ތަކެތި:

ޗިކަން ބްރެސްޓް

2 ސައިސަމުސާ އޮލިވް އޮއިލް

1 ފިޔާ (ކޮށާފައި)

4 ލޮނުމެދު (ގާނާފައި)

2 ޖޯޑު ޓޮމާޓޯ ސޯސް

1 ސައިސަމުސާ އިޓާލިއަން ހާބްސް

1 ސައިސަމުސާ މުގުރި މިރުސް (ރާޅު)

1 ސައިސަމުސާ މުގުރި އަސޭމިރުސް

ލޮނު

މޮޒަރެއްލާ ޗީޒް (ގާނާފައި ނޫނީ ތުނިކޮށް ކޮށާފައި)

ބޭސިލް ފަތް (ކޮށާފައި)

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވައެއްގައި ތެޔޮ އަޅައިގެން ފިޔާ އަދި ލޮނުމެދުކޮޅު ހަނާ ކޮށްލުމަށްފަހު ޓޮމާޓޯ ސޯސްއާ އެއްކޮށްލާނީއެވެ. އެއަށްފަހު ލޮނާއި، އަސޭމިރުހާއި، މުގުރިމިރުސް އަދި ހާރބްސް އެއްކޮށްލުމަށްފަހު ކުކުޅުތައް އަޅާފައި ރޯފިލަން ދެން ދެފުށަށް ޖަހަމުން ކުކުޅުތައް ކައްކާލާށެވެ. ދެން، އަވަން 200 ޑިގްރީގައި ހޫނުކޮށްލުމަށްފަހު ތަވާގައި ކުކުޅުތައް 10 މިނެޓް އަވަނުގައި ފިހެލާށެވެ. ދެން ޗީޒްތައް ކުކުޅުތައް މަތީގައި އަތުރާލުމަށްފަހު 3 މިނެޓް ފަހުން އަވަނުން ނަގާފައި މައްޗަށް ކޮށާފައި ހުރި ބޭސިލްފަތްކޮޅު އަޅާޅާށެވެ.

 

*މި ކުކުޅު، ޕާސްތާ ނޫނީ ސްޕެގެޓީ އާއި އެއްކޮށް ކެއުމަށް ވަރަށް ކަމުދާނެއެވެ. ޗީޒް އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. ހާއްސަކޮށް ކުޑަކުދިންނަށެވެ.