ބޭނުންވާ ތަކެތި:

1 ސްޕެގެޓީ ބޮނޑި (ފެނު ކައްކާފައި)

1/2 ޖޯޑު އޮލިވް އޮއިލް

8 ބޮޑު ލޮނުމެދު (ކުދިކޮށް ކޮށާފައި)

1/4 ޖޯޑު ޕާރސްލީ ފަތް (ކޮށާފައި)

1/2 ޖޯޑު ސްޕެގެޓީ ކައްކާފައި ހުރި ފެން

1 ސައިސަމުސާ ރަތް ހިކިމިރުސް (ރާޅުކޮށް މުގުރާފައި)

ލޮނު

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޮޑު ތަވައެއްގައި އޮލިވް އޮއިލް އަޅައިގެން ކޮށާފައިހުރި ލޮނުމެދުތައް، ލޮނުކޮޅެއް ލުމަށްފަހު މަޑު މުށިކުލަ އަރަންދެން ކައްކާލާށެވެ. އެއަށްފަހު، ހިކިމިރުސް އަޅާފައި ކެއްކި ސްޕެގެޓީ އެއަށް އެއްކޮށްލުމަށްފަހު ފެންފޮދު އަޅާލާށެވެ. ދެން 3 މިނެޓް ކެއްކުމަށްފަހު ޕާރސްލީ ފަތްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ސްޕެގެޓީ ތައްޔާރުވީ އެވެ.

 

* ސްޕެގެޓީ އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ކާއެއްޗެކެވެ. މީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އަދި އެހާމެ މީރު ކެއުމެކެވެ.