ބޭނުންވާ ތަކެތި:

1 ޖޯޑު ސަނާމުގު (ފެނު ކައްކާފައި)
1/2 ޖޯޑު ބޯވެލިފަތް
1 ފިޔާ (ކޮށާފައި)
4 ލޮނުމެދު (ގާނާފައި)
2 ޓޮމާޓޯ (ކޮށާފައި)
1/2 ޖޯޑު ކެރެޓް (ކޮށާފައި)
1 ސައިސަމުސާ މުގުރި ދިރި
1 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ސައިސަމުސާ ރީނދޫ
1/2 ސައިސަމުސާ މުގުރި ކޮތަބިރި
1 ސައިސަމުސާ މުގުރި މިރުސް
3 މޭޒުމަތީ ސަމުސާ ކާށި ކިރު
އޮލިވް އޮއިލް
3 މޭޒުމަތީ ސަމުސާ ޕާރސްލީ ފަތް (ކޮށާފައި)
1/2 ޖޯޑު ފެން
ލޮނު

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔެއްގައި ތެޔޮ، ފިޔާ އަދި ލޮނުމެދު އަޅައިގެން މަޑުމުަށި ކުލަ އަރަންދެން ކައްކާލާށެވެ. އެއަށްފަހު، ހަވާދުގެ ހުރިހާ ބާވަތެއް އަދި ޓޮމާޓޯ އަޅައިގެން އެއްކޮށްލާށެވެ. ދެން، ސަނާމުގު، ކެރެޓް އަދި ބޯވެލިފަތް އެޅުމަށްފަހު ކުޑަ ފެންފޮދެއް އެއްކޮށްލުމަށްފަހު މަޑު ގިނީގައި އިރުކޮޅަކު ކައްކާލާށެވެ. ލޮނު އަދި ކާށިކިރު އެޅުމަށްފަހު ޕާރސްލީފަތް އެޅުމަށްފަހު އުދުންމަތިން ބާލަންވީއެވެ. 

 

*މި ރިހަ ރޮށި އަދި ބަތާއި އެއްކޮށްވެސް މީރު ވާނެއެވެ. ކާށިކިރުގެ ބަދަލުގައި ޔޯގަޓް ވެސް ބޭނުންކުރެވިދާނެއެވެ.