ތައްޔާރު ކުރަން ބޭނުންވާ ވަގުތު: 20 މިނިޓް

ކައްކަން ބޭނުންވާ ވަގުތު: 90 މިނިޓް

ތަޢާރަފް: ޕެވްލޯވާއަކީ ވަށައިގެން މުރަނަ ފަށަލައެއް ލެވިފައި މެދުތެރެ މަޑުކޮށް ހުންނަ ވަރަށް މީރު ފޮނިކާއެއްޗެކެވެ. ވިޕިންގެ ކްރީމާއި ތާޒާމޭވާއިން އިން ޒީނަތްތެރިވެފައިވާ މި ކާނާ ލޮލަށް ފެންނަ ގޮތަށް އަނގައަށް ވެސް ވަރަށް މީރުވާނެއެވެ.

ބޭނުންވާ ތަކެތި:

  • 4 ބިސް
  • 1 ޖޯޑު މުގުރި ހަކުރު
  • 1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
  • 2/1 ސައިސަމުސާ ކްރީމް އޮފް ޓަރޓަރ
  • ސައިސަމުސާ ކޯން ސްޓަރޗް
  • 300 އެމް.އެލް ވިޕް ކްރީމް
  • ތާޒާ މޭވާ ( އަމިއްލަ އިޚްތިޔާރަށް ދޫކޮށްލެވިފައި)

ތައްޔާރުކުރާނެ ގޮތް:

  1. 177 ޑިގްރީފައި އަވަން ހޫނު ކުރުމަށް ޖައްސާށެވެ.
  2. މިކްސަރެއްގެ އެހީގައި ބިސްކޮޅު ގިރާލާށެވެ. 5 މިނިޓް ތެރޭގައި މަޑުފޮނަށް ވާނެއެވެ. ދެން ހަކުރު އެއް ކުރުމަށްފަހު އިތުރު 30 ސިކުންތު މަޑުން ގިރާށެވެ.  ރީތިކޮށް އެއްވުމުން ސްޕީޑްބާރުކޮށް 2 މިނިޓް ގިރާލުމުން އޮފްކަމެއް އަންނާނެއެވެ. އަދި ފޮނުގަނޑު ފައިބައިގެން ނުދާ ވަރަށް ހަރުވަންދެން ގިރާށެވެ. ދެން ވެނީލާ އެކްސްޓްރެކްޓް އެއްކުރާށެވެ. އޭގެ ފަހުން ސްޕަޓޫލާއަކުން ކްރީމް އޮފް ޓަރޓަރ އަދި ކޯންސްޓަރޗް އެއްކުރާށެވެ.
  3. އެއްކުރެވުނު ބައި ރީތިކޮށް ފުލާއި އަރިމަތި ހިމެނޭހެން އެއްވަރަށް ތަވައެއްގައި އުނގުޅާށެވެ.
  4. އަވަނަށް ލުމަށްފަހު 93 ޑިގްރީއަށް ހޫނުމިން ދަށްކޮށްލާށެވެ. ރީތިކޮށް މުރަނަވަންދެން ފިހެވެން 90 މިނިޓް ނަގާނެއެވެ. ވަގުތު ހަމަ ވުމުންވެސް އަވަނުގެ ތެރޭގައި ޕެވްލޯވާ ބާއްވާށެވެ.
  5. ހިހޫވުމުން ވިޕް ކްރީމް ގިރާފައި މެދަށް އަޅާށެވެ. އަދި ތާޒާމޭވާ ކުދިކޮށް ކޮށުމަށްފަހު ޒީނަތްތެރި ކުރާށެވެ.