ތުއްތު ކުއްޖަކު، އެއްމެ ފުރަތަމައަށް، ދަތް ހެލި، ދަތެއް ވެއްޓެން އުޅޭނަމަ އެއީ މައިންބަފައިން ނުވަތަ ބެލެނިވެރިން ކަންބޮޑުވާ ހާލަތެކެވެ. ނަމަވެސް ގިނަ ހާލަތްތަކުގައި ކަންބޮޑުވުމުގެ ބޭނުމެއް ނެތެވެ. ދަތް ވެއްޓުމަކީ، ކިރުބުއި ދަތެއް ކަމުގައި ވިޔަސް ނުވަތަ ދާއިމީ ދަތެއް ކަމުގައި ވިޔަސް، އާންމުކޮށް ކުއްޖާގެ ސިއްހަތަށް ގެއްލުމެއް ނުވަތަ ކުރައްކަލެއް ކުރިމަތި ކުރުވާ ކަމެއް ނޫނެވެ. ނަމަވެސް މިގޮތަށް ވެއްޓޭ ދަތެއް ދިރުވާލެވިއްޖެ ނަމަ އެކަމުގައި އަމުދުން ބެލެނިވެރިން ކަންބޮޑުވެއެވެ. މާތުރަ މިއީވެސް އަމުދަކުން ކަންބޮޑުވާން ޖެހޭ ކަމެއްވެސް ނޫނެވެ.

އިންސާނާގެ ހަޖަމުކުރުމުގެ ނިޒާމަކީ ފުޅާ ދާއިރާއެއްގައި ތަކެތި ހަޖަމުކޮށް ކުދިކުރުމަށް ފަރުމާވެފައިވާ ނިޒާމަކަށް ވާއިރު، ދަތެއް ފަދަ ކުޑަ، އެއްޗެއް ވެސް މި ނިޒާމުގެ ތެރެއިން އިސްތިސްނާއެއް ނުވާނެއެވެ. ދަތެއް ދިރުވުމާއި އެކު ހަޖަމުކުރާ ނިޒާމުގެ ތެރެއިން "ދަތުރެއް" ފަށައެވެ. މައިދާގައި ހުންނަ އެސިޑްތަކުގެ ސަބަބުން، މަޑުމަޑުން ދަތް ހަލާކުވާން ފަށައެވެ. މި ދަތް ގޮހޮރުގެ ތެރެއިން ދަތުރުކުރަމުންދާއިރު، އެންމެ ފަހުން ބޮޑު ގޮހޮރާ ހަމައަށް ވެސް ދަތުރުކުރެއެވެ.

ހަލާކުވެފައިވާ މި ދަތް، ބޮޑު ގޮހޮރުގައި ހުންނައިރު އާންމުކޮށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ބޮޑު ގޮހޮރުގެ އަސާސީ މަސައްކަތަކީ ފެނާއި ކެވެނީގެ މާއްދާތައް ލޭގެ ތެރެއަށް ނަގާ، ކާ ތަކެތީގެ ބާކީ ބައިން ނަޖިސް އުފައްދާ، ބޭރުކުރަން ފައްކާކުރުމެވެ. އެހެންކަމުން މުޅިން ކުދިކުދިވެ ހަލާކުވެފައިނުވާ ދަތް، ބޮޑު ގޮހޮރުގައި އިނުމަކުން ބޮޑު ގޮހޮރުގެ މަސައްކަތަކަށް ހުރަހެއް ނޭޅެއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން އެކުއްޖާގެ ބޮޑުކަމުދާ ތަކެތީގެ ތެރެއަށް އެ ހަލާކުވެފައިވާ ދަތް، ލުމަށްފަހު، ބޮޑުކަމުދާ ތަކެއްޗާއި އެކު ބޭރުވެގެންދާނެއެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއިން މި ދަތް ދަތުރުކުރަން ނަގާ ވަގުތު އެއް ކުއްޖަކު އަނެއް ކުއްޖަކަށް ތަފާތުވެދާނެއެވެ. ކުއްޖާގެ ކެއުމާއި، ހަރަކާތްތެރިކަމުގެ މިންވަރާއި، ހަޖަމުކުރުމުގެ ނިޒާމުގެ ކަންތައްތަކަށް ބަލާއިރު، އެވްރެޖްކޮށް ދުވަހެއް ނުވަތަ މަދު ދުވަސްކޮޅެއް ނަގާފާނެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ މިފަދަ ގިނަ ހާލަތްތަކުގައި ވަކި ފަރުވާއެއް ކުއްޖާއަށް ބޭނުން ނުވާނެ ކަމެވެ. ނަމަވެސް ދަތެއް ދިރުވާލުމަށް ފަހު، އެ ކުއްޖެއްގެ ކިބައިން އާދަޔާ ހިލާފު އަލާމާތްތަކެއް ނުވަތަ އުނދަގުލެއް ކުރިމަތިވާނަމަ، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ ކުރަން ޖެހޭނޭ ކަމެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ކުއްޖަކު ދަތެއް ދިރުވާލުމަކީ، އެއީ އާންމުކޮށް ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އެ ދަތް ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއިން ދަތުރުކޮށް، ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުދީ ކުއްޖާގެ ބޮޑުކަމުދާ ތަކެއްޗާއި އެކު ބޭރުކުރާނެއެވެ. 

 

ހަވާލާ:

1. މޭޔޯ ކްލިނިކް. (2022).

2. ކިޑްސްހެލްތު. (2015).