ކާންދޭނީ ކިހާ މިންވަރަކަށް؟

ގާތްގަނޑަކަށް 250 މިލިމީޓަރުގެ ޖޯޑެއް ނުވަތަ އޭގެ 3/4 ބައި.

 

ކާންދޭނީ ކިތައް ފަހަރު؟

ގާތުން ކިރުދިނުމުގެ އިތުރުން 3-4 ފަހަރު.

ކުޑަދަރިފުޅު ބަނޑުހައިވާކަމަށް ފެންނަނަމަ، އިތުރަށް 1-2 ފަހަރު ލުއިކާނާއެއް ދޭށެވެ.

 

ކާނާ ހުންނަންވީ ކިހިނެއް؟

އާއިލާގެ މެންބަރުން ކާން ބޭނުންކުރާ މާބޮޑަށް ކުޅިނޫން ހަވާދުމަދުކާނާ އަދި ކުދިކޮށް ކޮށާފައި ނުވަތަ ޗިސްކޮށްފައިހުންނަ ކާނާ ދަރިފުޅަށް ކާން ދެވިދާނެއެވެ.

 

ދޭނީ ކޮން ކަހަލަ ކާނާ އެއް؟

އާއިލާގެ މެންބަރުންގެ ކެއުމަށާއި ބުއިމަށް ބޭނުންކޮށް އުޅޭ ތަފާތު ބާވަތްތަކުގެ ތެރެއިން ޞިއްޙަތަށް ފައިދާ ހުރި ކާނާ ކުޑަދަރިދުޅުގެ ކެއުމަށް ބޭނުންކުރާށެވެ.

ހަށިގަނޑަށް ފައިދާހުރި ކާނާގެ ހުރިހާ ބައިތަކެއް ހިމެނޭގޮތަށް ގިނަ ބާވަތްތަކުގެ ކާނާ ބޭނުންކޮށްގެން ދަރިފުޅަށް ކާންދިނުން މުހިއްމެވެ.

 

(މިއީ، "މަންމަ އާއި ކުޑަދަރިފުޅުގެ ކާނާ - ހަޔާތުގެ ރަން 1000 ދުވަސް" މި ފޮތުގައި ހިމެނޭ - "ދަރިފުޅުގެ އުމުރުން 1 އަހަރާއި 2 އަހަރާއި ދެމެދު" އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް،  އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އޭޑީކޭ އާއި އައިޖީއެމްއެޗް އިން ލިބިފައިވާ އެހީތެރިކަމާއެކު އެކުލަވާލައިފައިވާ ފޮތެކެވެ.)