ގިނަ މީހުންނަށް ތަޖުރިބާ ކުރެވިފައިވާނެ ފަދައިން، ނޭފަތް ކައިރީގައި ނަގާ ބިހިތަކުގައި އަޅާ ވޭން ގަދައެވެ. އެ ސަރަޙައްދުގައި ނަގާ ބިހިތަކަކީ އެންމެންހެން ރޮއްވާލާވަރަށް ވޭން ނުވަތަ ތަދު އިހުސާސް ކުރަން ޖެހޭ ބިހިތަކެކެވެ. މި ލިޔުމުގައި މި ބަލާލަނީ މި ބިހިތަކުގެ ވޭން އެހާ ގަދަވާ ބައެއް ސަބަބުތަކަށެވެ!

ނޭފަތް ކައިރީގައިވާ ހަންގަނޑަކީ ވަރަށް ތުނި އަދި ނާޒުކު ހަންގަނޑެކެވެ. މި ސަރަޙައްދުގެ ހަންގަނޑުގެ ދަށުގައިވާ ކަށިތައް، ހަންގަނޑާއި ކައިރިން ހުރުމާއެކު، ބިހި ނެގުމުން ވޭނުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވެއެވެ. މީގެ އިތުރުން މި ސަރަޙައްދުގައި ހިއްސީ ނާރުތައް ވަރަށް ގިނައިން އަދި ވަރަށް ކައިރި ކައިރިން އެތުރިފައި ހުރެއެވެ. މިކަމުގެ ސަބަބުން، ކުޑަ އަނިޔާއެއް ވިޔަސް، އޭގެ އަސަރު ވަރަށް ބޮޑަށް އިހުސާސް ކުރެވެއެވެ. 

ހަމަ އެހެންމެ، ނޭފަތް ކައިރީގައިވާ ސަރަޙައްދަކީ މޫނުގެ ވަރަށް މުހިންމު ބައެކެވެ. މި ސަރަޙައްދުގައި ހުންނަ ނާރުތަކަކީ ސީދާ ސިކުނޑިއާ ގުޅިފައިވާ ނާރުތަކެކެވެ. އެހެންކަމުން، މި ސަރަޙައްދުގައި ކުރާ އިޙްސާސްތައް ވަރަށް ހަލުވިކޮށް އަދި ފުރިހަމައަށް ސިކުނޑިއަށް ފޮނުވައެވެ. މިކަމުގެ ސަބަބުން، ކުޑަ ވޭނެއް ވިޔަސް، އެ ވޭނުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވެއެވެ.

ނޭފަތް ވަށައިގެން ސަރަޙައްދަކީ ލޭ ދައުރުވުން އަވަސް ނުވަތަ ބާރު ސަރަޙައްދެކެވެ. މިކަމުގެ ސަބަބުން، ބިހި ނެގުމުން ލޭ ނިކަން އަވަހަށް ބިހީގެ ތެރެއަށް ލޭ އަރާ، ރަތްވެ، ދުޅަވެއެވެ. މިކަމުގެ ސަބަބުން އިތުރަށް ވޭނުގެ އިޙްސާސް ކުރެވެއެވެ. ހަމަ އެހެންމެ، މި ސަރަޙައްދުގައި ހުންނަ ގުނަވަންތަކަކީ ވަރަށް ނާޒުކު އަދި މުހިންމު ހިއްސީ ގުނަވަންތަކަކަށް ވުމުން، ކުޑަ އަނިޔާއަކަށް ވެސް ހަށިގަނޑު އެ ދޭ ރައްދު، ވަރަށް ބޮޑަށް އިހުސާސް ކުރަން ޖެހެއެވެ.

މި ސަރަހައްދުގައި ނަގާ ބިހިތަކުގައި ވޭން ގަދަވަނީ އެ ސަރަޙައްދުގެ ޚާއްޞަ އޮނިގަނޑާއި، ނާރުތަކުގެ އަދަދު ގިނަކަމާއި، ސިކުނޑިއާ ސީދާ ގުޅިފައިވާ ނާރުތައް ހުރުމާއި، ލޭ ދައުރުވުން އަވަސްވުމުގެ ސަބަބުންނެވެ. ނަމަވެސް، މި ވޭނަކީ ވަގުތީ ވޭނެކެވެ. ނަގާ ބިއްސެއް އޮބުމުން، ނުވަތަ ދޮސްލާ، އެ ބިހި ފަޅައިގެން ގޮސް، ފަސޭހަވުމުން މި ވޭން ކުޑަވެ ނެތިގެން ދެއެވެ.

 

ހަވާލާ: ހެލްތު ލައިން 2022