ދިވެހިންނަކީ ތަފާތު އެކި ހުނަރުތަކުގައި އަރާތިބި ތަފާތު ބަޔަކެވެ. އެ ގޮތުން ބޮލި ފަދަ ތަކެތިން އެއްޗެހި ހަދައިގެން ވިއްކުމަކީ މިހާރު ދިވެހިންގެ ތެރޭގައި ވައިގައި ހިފަމުން އަންނަ ކަމެކެވެ. 

ހދ. ވައިކަރަދޫ އަށް ނިސްބަތްވާ 36 އަހަރުގެ އައިމިނަތް އިހުސާނާ އަކީ ބޮލި ބޭނުންކޮށްގެން ތަފާތު އެކި ވައްތަރުގެ ގަހަނާތައް ހަދާ އިންސްޓާގުރާމު ޕޭޖެއް ކަމުގައިވާ ”ބޮލި ވަށި“ ގައި ވިއްކަމުންއަންނަ ހުނަރުވެރި ފަރާތެކެވެ. އޭނާ މިކަން ފެށުން ގޮތް ތީރަށް ކިޔާދެމުން ބުނީ އެކަމަށް ޝައުގުވެރިކަން އުފެދެން ފެށީ އެންމެ ކުޑައިރުން ފެށިގެންވެސް އާއިލާ މީހުން މިކަހަލަ މަސައްކަތްތައް ކުރާތަން ފެނުމުންކަމަށެވެ. އިހުސާނާ އިތުރަށް ހާމަކުރި ގޮތުގައި އެންމެ ފުރަތަމަ މިކަން ކުރަން ފެށިއިރު އެކި ބާވަތުގެ އެއްޗެހި ބޭނުންކޮށްގެން ހެދި ނަމަވެސް ވޭތަވެދިޔަ 4 ވަރަކަށް އަހަރުތެރޭ ފޯކަސް ކުރަމުންދަނީ ހަމައެކަނި ބޮލިން ތަފާތު ގަހަނާ ހަދާއިގެން ވިއްކުމަށްކަމަށެވެ. ދެކުދިންގެ މަންމައެއް ކަމުގައިވާ އިހުސާނާ ބުނީ ކޮވިޑްގެ ސަބަބުން ވިޔަފާރި ހުއްޓިފައި އޮތުމަށް ފަހު އަނެއްކާވެސް މިކަން ފަށާފައި ވުމުން އަދި މާ ބޮޑު ފައިދާއެއް ނުވާކަމަށާއި ނަމަވެސް މިހާރު މަޑުމަޑު މީހުންގެ ފަރާތުން ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. 

 އޭނާ ބުނި ގޮތުގައި އޭނާ ގަހަނާ ހަދަން ބޭނުންކުރާ ބޮއްޔަކީ އާންމުކޮށް ދިވެހި ރާއްޖޭގެ ބޮލި ނަމަވެސް  ބޭރުން ގެނެސްފައި ހުރި ރީތި ބޮއްޔެއް ފެނިއްޖެ ނަމަ އޭތި ގަނެގެން ބޭނުންކުރާކަމަށެވެ. އާންމުކޮށް އޭނާ ހަދާ ގަހަނާ ގަނެއުޅެނީ ބޭރުން އަންނަ ފަތުރުވެރިންނަމަވެސް ޕާޓީ ތަކުގައި ބޭނުންކުރަން  ބޮލިން ހަދާފައިވާ ކްރައުން ހަދަން  ބައެއް ފަހަރު އާންމުންވެސް އޯޑަރުދީ އުޅޭކަމަށް އޭނާ ކިޔާދިނެވެ. އާއިލާގެ އެންމެންގެ ފަރާތުން މިކަމުން ކުރިޔަށް ދާން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ހާމަކުރަމުން އިޙްސާނާ އިތުރަށް ފާހަގަ ކުރި ގޮތުގައި އިސްޓާގުރާމުގައި އޭނާ ވިއްކާ ގަހަނާ ތަކުގެ އަގުތައް އާންމުކޮށް ޓުއަރިސްޓު ސޮޕް ތަކުން ވިއްކާ އަގަށް ވުރެން އަގުހެޔޮ ވާނެކަމަށާއި ކުރާ މަސައްކަތާއި ބަލާފައި ވިއްކާ އަގުތައް ވަރަށް ހެޔޮކަމަށެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by BoliVashi (@bolivashi)

މި މަސައްކަތުގައި އޭނާ އަށް ކުރިމަތި ވާ އެންމެ ބޮޑު އެއްދަތިކަމެއްގެ ގޮތުގައި އިހުސާނާ ފާހަގަ ކުރީ ޓުއަރިސްޓު ސޮޕްތަކުގައި ބަހައްޓައިގެން އޭނާގެ އުފެއްދުންތައް ވިއްކުމަށް ބައެއް ފަހަރުލާން އެއްބަސް ނުވާތީކަމަށާއި އެންމެ ދެކެން ބޭނުންވަނީ މިކަމަށް ހައްލެއް ލިބޭނެ ދުވަހެއް ކަމަށް އޭނާ ބުނިއެވެ. 

މި ވިޔަފާރިގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ނަސޭހަތެއް ގެ ގޮތުގައި އިހުސާނާ ބުނީ މިކަމަކީ ވަރަށް އުނދަގޫކަމެއް ނަމަވެސް ހުއްޓާނުލާ ކުރިޔަށް ގޮސްފިނަމަ ކާމިޔާބު ލިބިގެންދާނެކަމެއް ކަމަށެވެ.