ގިނަބަޔަކު ހެއްވާލުމަކީ ހަމަގައިމުވެސް ކޮންމެ ކޮންމެ މީހަކަށް ކުރަން އެހާ ފަސޭހަކަމަކަށް ވާނެހެން ހިއެއްނުވެއެވެ. ނަމަވެސް ރާއްޖޭގެ ގިނަބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސް ދެމުން އަންނަ ނާޒިރު ޝިހާމް ނުވަތަ ކާއްޓޭއަކީ ހަމަގައިމުވެސް ރާއްޖޭގެ އެންމެ ޓެލެންޓަޑް ކޮމީޑިއަން އޭ ބުނުމުން ދެބަސްވާނެ މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ.

1989 ވަނަ އަހަރު ސެޕްޓެމްބަ 6 ވަނަދުވަހު އުފަންވި ކާއްޓޭއަކީ މިހާރު ދިވެހީންގެ ލޯބި ލިބެމުން އަންނަ މީހެކެވެ. މިއަދަކީ ކާއްޓޭގެ އުފަން ދުވަސް ކަމުން ތީރު މީޑިއާގެ ފަރާތުން ބޭނުންވަނީ އެންމެ ފުރަތަމަވެސް ކާއްޓޭގެ މަސައްކަތަށް ޝުކުރު އަދާކޮށްލަންށެވެ. ސަބަބަކީ މީހުން ހެއްވާލުން ނުވަތަ އެހެން މީހަކަށް ހިނިތުންވުން ގެނެސްދިނުމަކީ އިންސާނެއްގެން ފުށުން އެހެން އިންސާނަކަށް ދެވޭނެ ވަރަށް އަގުހުރި އެއްޗަކަށް ވާތީއެވެ.

ސްކޫލް ނިންމާ މާލެ އަންނަމުން ރައްޓެހިން ގާތު "މަމި ނައްޓާލީ ، ދެން ފެންނާނީ ހޭޔަންބޯއިން"  ކަމަށްބުނެ ކާއްޓޭ މާލެއައީ މޮޅު ކޮމީޑިއަންއަކަށްވުމުގެ އަޒުމުގައެވެ. ސްނެޕްޗެޓްގެ ފިލްޓަރއެއް ބޭނުންކޮށްގެން ރަސްލީ ސުޕާރީއާއި ދިވެހިންނާއި އޮތް ގުޅުމާ ބެހޭގޮތުން ކާއްޓެ ހިއްސާ ކުރި ވީޑިއޯ ކްލިޕް ވައިރަލް ވެގެން ދިޔައީ ހީކުރިވަރަށް ވުރެން މާ ހަލުވި ދުވެލީގައެވެ.

އިޖްތިމާއީ ކަންތައްތައް މަޖާގޮތަކަށް އާންމުންނަށް ގެނެސްދޭ ހިތްވާ ކާއްޓޭގެ ، ފޭވަރިޓް ކޮމީޑިއަން އަކީ ހާޖަރާ އަދި ޔޫސޭއެވެ. މިއަދު ކާއްޓޭ އަކީ ދިވެހި މުޖްތަމައު ސަޕޯރޓްކުރާ ، އަދި އޭނާގެ މަސައްކަތްތައް ބަލައިގަންނަ މަޖާ ހިތްހެޔޮ މީހެކެވެ. ކާއްޓޭ ދެކޭގޮތުގައި ކާއްޓޭގެ ސަޕޯޓަރުންނަކީ އޭނާގެ އެކުވެރިންނެވެ. ކާއްޓޭގެ ސަޕޯޓަރުން ގާތު ކާއްޓޭ ދިފަ ކޮށްދިނުމަށް ބުނުމުން ގިނަމީހުން ކާއްޓޭ ސިފަކުރީ ހިތް ހެޔޮ ހެޔޮލަފާ މީހެއްގެ ގޮތުގައެވެ.

ތީރުމީޑިއާ ދުޢާއަކީ ނާޒިރު ޝީހާމްއަށް ( ކާއްޓޭ ) އަދަށްވުރެން ކާމިޔާބު މުސްތަޤްބަލެއް މާތްﷲ ފަހިކޮށްދެއްވުމެވެ. ކާއްޓޭގެ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާ ކާމިޔާބީ މިންވަރު ކޮށްދެއްވާ އުމުރުގައި ބަރަކާތްލައްވާ އުފާވެރި ދިރިއުޅުމެއް ދެއްވުން އެދެމެވެ.

ޓީމް ތީރުގެ ހުރިހާ އެންމެން އަދި އަޅުގަނޑުގެ ނަމުގައި ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެމެވެ. އަދި ފޮނިކާމިޔާބީ ތަކާއި ކުރިއެރުންތަކަށް އެދެމެވެ.