ޤައުމަށްޓަކާ ބައެއްމީހުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށް އެމީހުން ބޭނުން ނުވެދާނެއެވެ. އެމީހެއްގެ ހިދުމަތުން މީހުންގެ ދިރިއުޅުން އުޖާލާ ކުރުވަމުން ދާ ފަރާތެއްކަމަށްވާ ކަނަކުރިގެ މަރިޔަމް ނުޒުހާ ނުވަތަ ކުލަބް ހައުސްގައި ނަމަ އެންމެ ދަންނަ ނަމުން މަރީ ސްޓާ އަކީ އެތަކެއް ހިތްތަކެއްގައި ޤަދަރު ލިބިގެންދާ ލާމަސީލު ފިސާރި އަންހެން ކަނބަލެކެވެ.

ނުޒުހާ ނުވަތަ މަރީ ސްޓަރ އަކީ 25 އަހަރަށް ވުރެ ގިނަ އަހަރު ވަންދެން އެދުރުކަން ކުރައްވަމުން އަންނަ ފަރާތެކެވެ. ސްކޫލުގައި މާ މޮޅު ވަނަތަކެއް ޙާސިލް ނުކުރިކަމުގައި ވިޔަސް އެބޭފުޅާ ވިދާޅުވީ ސުކޫލުގައި އޭރު އަދަބު ދިނުން ވެގެން ދިޔައީ އޭނާޔަށް ފިލާވަޅުތަކަށް އަހަންމިއްޔަތުކަން ދިނުމަަށް ވަރަށް އުދަގޫ ވި ކަމެއްކަމަށެވެ. މިއަދު މިކަހަލަ ހާއްސަ ކަންކަން ކުދިންގެ ކިބައިން ދެނެގަނެ އަދި އެހީތެރިކަން ސްކޫލުތަކަށް  ފޯރުކޮށްދޭން މަސައްކަތްކުރެއެވެ.  އޭރުގައި ނަމަ ސްކޫލުން ކުއްޖާ ވަކިކޮށް އަދި އެކުއްޖާގެ ހާލަތަށް ބަލާލުމެއް ނުމެ އޮވެއެވެ. ބައިންބަފައިން އޭރުގައި އުޅުނު ނިކަމެތިހާލާމެދު ވިސްނާލި ކަމުގައި ވިޔަސް ލޮލުން ކުޑަނަމަވެސް ތެތްކަން އިޙްސާސް ކުރެވެއެވެ. އިލްމަކީ މުހިންމު އެއްޗެއްކަން އެގިހުރެ އެކަން އަދިވެސް ދޫލެއް ނުކުރަމެވެ.

ނުޒުހާ، މިއަދު މުޖުތަމައަށް އެގިފައި މިވަނީ އޭނާ ނަފްސާނީ ދުޅަހެޔޮކަމަށް ކުރައްވާ މިންނެތް އަގުހުރި މަސައްކަތް ތަކުގެ ސަބަބުންނެވެ. އޭނާއަށް ލިބިފައިވާ އިލްމަކުން މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އަދި ސްކޫލެއްގެ ކައުންސިލަރަކަށް ވުމީ މީނާ ދެކެމުންއައި ހުވަފެނެކެވެ. މީނާއާއި އެކު މިކަމުގާ ސްކޫލުން އެންމެ ވާގިވެރިވި ޓީޗަރަކީ ރަންގާ ހަރްޝަނީއެވެ. ސްކޫލު ކުދިންގެ ޖަތުބާތު މެނޭޖް ކުރުމުގައި ކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ކުދިން ދެކޭގޮތް ބެލުމަކީ މުހިންމު ކަމެއްކަމާއި އަދި ކުއްޖާގެ އެންޒަޔަޓީ މެނޭޖުކުރުމަށް މުހިންމުކަމެއް ދެވުނެވެ. އަދި ބުލީގެ ޝިކާރައަކަށް ކުދިން ދިއުމުގައި ކުއްޖާގެ ޖަޒުބާތުގެ ނާޒުކު ކަމާއި ކުދިންގެ އެންޒަޔަޓީގެ ސަބަބުން ކަންކަމަށް ފަސްޖެހޭކަންވެސް އެނގިގެންދިޔައެވެ. މިމަސައްކަތަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ދެވުނު މަސައްކަތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެހެނީ ރާއްޖޭގައި ކުދިންގެ އިމޯޝަން ނުވަތަ ޖަޒުބާތު މެނޭޖު ކުރަން ސްކޫލުން ދަސްކޮށްދޭކަށް އަހަންމިއްޔަތުކަން ނުދެއްވައެވެ. އެންޒަޔަޓީ އަކީ ވެސް ނަފްސާނީ ބައްޔެއްކަމަށް ދެކިފައި ވެއެވެ. އެހެނަސް އެއީ ވެސް ޖަޒުބާތެއްކަމާ އަދި ކުދިންނަށް މިކަން ހޭލުންތެރި ނުވެ އެކަން މެނޭޖެއް ނުކުރެވޭނެއެވެ. ކިޔެވުމަށާއި ކުދިންގެ ދިރިއުޅުމައް މީގެ ނުރަނގަޅު އަސަރުތައްކުރެއެވެ. އެންޒަޔަޓީ މެނޭޖުނުވެ ދެންދާނީ އެންޒަޔަޓީ ޑިސޯޑާއަކަށެވެ. މިއީ ނަފްސާނީ ބަލިމަޑުކަމެވެ. އަދި ސްކޫލެއްގައި ކައުންސިލިން ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ދޭންޖެހޭކަމާއި ކުދިންގެ ނަފްސާނީ ކަންކަމަށް ގޮތް ކިޔޭނީ އެކަމުގެ ތަޖުރިބާ އާއި ތަމްރީނު ލިބިފައިވާ ފަރާތަކަށް ކަމަށް ނުޒުހާ ހާމަކުރިއެވެ. އެގޮތުގެ މަތިން ދިމާވި އެތަކެއް ގޮންޖެހުން ތަކެއްގެ ސަބަބުން އޭނާ ކުރަމުން އައި މަސައްކަތް ދޫކޮށް ލުމަށް މަޖުބޫރުކުވިގެން ދިޔައެވެ. އެއީ އޭނާގެ ޙަޔާތުގައި އައި ކަޅުވިލާގަޑެކެވެ.

ޓީޗަރުންގެ ދުވަހު ފާހަގަ ކުރިއިރު ރަންގާ ހަރްޝަނީއާއި އެކު

ފެއިލްވުމުގައި އޭނާ ޤަބޫލު ކުރާ ހަޤީގަތެއް އޮވެއެވެ. އެއީ މީހާ ފެއިލްވީކީ ނޫނެވެ. ބައެއްގެ ހިތްހަމަ ނުޖެހުމަކީ ތިމާމީހާ ފެއިލްމުމެއްނޫނެވެ. އަދި އެތަނަކުން ދަސްވާއެއްޗެއްގެ ފައިދާ ފަހުން މާ ރަނގަޅުވާނެއެވެ. ނުޒުހާގެ އަގުހުރި އިލްމާއި ޤާބިލްކަން މުޅި ރާއްޖެ މިއަދު ބަލައިގަނެއެވެ. އޭނާގެ ވާހަކަ ދެއްކުމުގެ ހުނަރާއި އަދި މީހުނަށް ފަސޭހައިން ފަހުމް ވާނޭގޮތަށް އުދަގުލެއް ނެތި އެންމެ ޓެކްނިކަލް ވާހަކަތައްވެސް މީހުންނާ ހަމައަށް ގެނެސްދޭ ގޮތުންނެވެ. ލައިވްކޮށް އަންނަ ޕްރޮގެރާމްތަކުގައު ފަސްޖެހުމެއްނެތި މީހުން ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދެމުން ދެއެވެ.

މީހުން އެކަމަށް އޭނާ އަށް ތައުރީފުގެ ބަސްތައް ރައްދުކުރަމުން ދެއެވެ. މުޖުތަމަ ހޭލުންތެރިކުރުމަށް ނުޒުހާ ކުރަމުން މިގެންދާ މަސައްކަތުގެ އަގު އަދާކުރަނީ އޭނާގެ އަމައްލަ އަތުންނެވެ. ވަކިންޙާއްސަކޮށް ޕެންޑަމިކްގައި މީހުން ތަހައްމަލު ކުރި އެންޒަޔަޓީގައި ފޯނުގެ ޒަރިއްޔާއިން އެތަކެއްބަޔަކަށް އެހީތެރިވަމުން ދިޔައެވެ. އަދި މިހާރުވެސް ކުލަބް ހައުސްގައި ނުޒުހާގެ ޕްރޮގްރާމް ތަކަށް ލިބިގެންދާ ތަރުހީބާއި މީހުންގެ ޝައުގުވެރިކަން އެހާމެ ބޮޑެވެ. އެތަކެއް ބަޔަކަށް ސައިކޯއެޑިއުކޭޝަން ނުޒުހާ ފޯރުކޮށްދެއްވައެވެ. ވީމާ މިއަދު ނުޒުހާގެ މަސައްކަތުގައި އެންމެ ގާތްކޮށް އަދިވެސް އެހީތެރިވަނީ އޭނާގެ އާއިލާ އާއި އޭނާގެ އެންމެގާތް އެކުވެރިޔާއެވެ.

މިހުނަރުން ފުރިގެންވާ ފަރާތަށް ހައްޤުވަނީ އިޙްތިރާމާއި ހިތްވަރެވެ. މުޖުތަމައަށް ޓަކާ ތިޔަކުރާ މަސައްކަތުގެ އަގު އަޅުގަނޑުމެން ބަލާއިގަންނަންވާނެއެވެ. މިފަދަ އިލްމީ ޤާބިލް ބޭފުޅޫން ނުކުމެ އެތަކެއް ޤުރުބާނީއެއް ވަމުން ގެންދަވައެވެ. މީ އަދި މީނާ ކުރާ މަސައްކަތުގެ ކުޑަ ބާބެކެވެ. ހުނަރުވެރިންގެ ހުނަރަކީ ޤައުމު ތައްޤީއާއި ދިމާލަށް މިސްރާބު ޖަހާކަމެކެވެ. ކައުންސިލިންގެ ދާއިރާގަައި ނުޒުހާގެ އިލްމީ ޤާބިލްކަމަކީ ބައިނަލް އަޤުވާމީ ފަރާތްތަކުގެ ތަކުގެ ތައުރީފް ލިބިފައިވާ ކަމެކެވެ. ޤައުމު ފަހުރުވެރި ކޮށްދީފިއެވެ. އަދި ބަހަކުން ޝުކުރު އަދައެއްވެސް ނުކުރެވޭނެ އެވެ. ނުޒުހާ ތިޔަކުރައްވާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތްލައްވާ އަދި ކުރިއެރުންދެއްވުމަށް ދުޢާކުރަމެވެ. ތިޔަކުރައްވާ މަސައްކަތަށް އައްސަރިބަހާ ސާބަހެވެ، ތިޔައީ ހަމަ ފިސާރި ކަނބަލެކެވެ!