އިންސްޓާގްރާމް ގެ ރީތި _ ކުލަ ޕޭޖް އޭ ބުނީމަ މި ޕޭޖް ދަންނަ ދިވެހިން ވަރަށް ވެސް ގިނަވާނެއެވެ. އުމުރުން 20 އަހަރުގެ ސުމާ ހަސަން ބުނާ ގޮތުން އޭނާ ހަނދާން ހުންނަން ފެށީންސުރެން ވެސް އޭނާ އަކީ ކުރެހުމަށް ވަރަށް ވެސް ގަޔާވާ ކުއްޖެއްކެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ދެކެނީ އޭނާ ގެ ބޮޑަށް ހުންނަ ދެބޭބެ ވެސް ކުރަހާތީ ކަމަށް ސުމާ ބުނެފައިވެއެވެ. އޭނާ ގެ ހުނަރުވެރިކަން އިތުރަށް ފުޅާކޮށް ދިނުމަށް އެންމެ އެހީވެދިނީ އޭނާ ގެ ބޭބެމެން ކަމަށް ބުނާ ސަބަބަކީ އެންމެ ކުޑަ އިރުވެސް އޭނާ ގެ ސްކޫލް ގެ ކުރެހުންތައް އަމިއްލައަށް ކުރަހަން ބޭބެމެން ބާރު އަޅަމުން ދިޔުމެވެ. އެންމެ ފުރަތަމަ ކުރަހާ އުޅުނީ ހަމަ އެކަނި ފަންސޫރު ބޭނުން ކޮށްގެން ނަމަވެސް ރަށުގައި އޭ ލެވަލަލް ނިމިގެން މާލެ އާދެވުމުން އާރޓް އަށް ބޭނުން ކުރާ އެއްޗެހި ދަސްވާން ފެށިއެވެ. އެހެންކަމުން 2019 ވަނަ އަހަރުން ފެށިގެން އެކްރެލިކް ބޭނުން ކޮށްގެން ޕޭންޓިންގްސް ހަދަން ފެށިއެވެ.
ހޮބީއެއް ގެ ގޮތުގައި ފަށައިގެން ކަންތައް މިހާރު ސުމާ ކުރަމުން ދަނީ ޕްރޮފެޝަން އެއްގެ ގޮތުންނެވެ. ސުމާ އިތުރަށް ބުނި ގޮތުގައި މިކަމުގައި އާއިލާ އަދި ރައްޓެހިން ގެ ފަރާތުންވެސް ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެންދާކަމަށެވެ. އާންމުން ގެ ފަރާތުން ހީނުކުރާހާ ބޮޑު ތަރުހީބެއް ލިބެމުން ދިއުމުގެ ސަބަބުން ރަގަޅު އާމްދަނީއެއްވެސް މިމަސައްކަތުން ލިބޭކަމަށް ސުމާ ހާމަކުރިއެވެ
ސުމާ ބުނި ގޮތުގައި އޭނާއަށް އެންމެ އުނދަގޫ އަދި އެންމެ ހިތް ހަމަޖެހުނު ކުރެހުމަކީ "ބައްޕަ" ގެ ނަމުންނަން ދެވިފައި ކުރެހުމެވެ. "ސުމާ ވަރަށް ކުޑައިރު ބައްޕަ ވަނީ ނިޔާވެފަ. އެހެން ވީމަ ބައްޕަޔާއި އެކު ކޮއްކޮ ގެ ފޮޓޯ އެއް ނުހުންނާނެ އެހެންވެ ކޮއްކޮ ވަރަށް ދެރަވެގެން އުޅޭނީ. އެހެންވެ ސުމާ ވިސްނީ ކޮއްކޮ ގެ އުފަންދުވަހު ހަދިޔާއަކަށްދޭން އެ ކުރެހުން. އެކަމު އެދުވަހހަށް ނުނިމުން. ދެން މިއަހަރު މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ބޭއްވި "އަންވީލިންގް ވިސަން އެގްޒެބިސަން ގައި ބައިވެރި ކުރީ އެ ކުރެހުން އެއީ ކޮއްކޮއަށް ދޭ ގިފްޓް އެއްގެ ގޮތުގައި. އަސްލު ހިޔެއްނުކުރަން އެހާ ތަރުހީބު ލިބޭނެ ކަމަކަށް. އަސްލު ވަރަށް އުނދަގޫވި އޭތި ކުރަހަން އެއީ ކުރީ ގެ ފޮޓޯ އަކާއި މިހާރު ގެ ފޮޓޯ އެއް އެކޮށްލާފައި ކުރަހަން ޖެހޭތީ. މީގެ އިތުރުން ކޮއްކޮގެ ފޮޓޯގެ ލައިޓިންވެސް އަމިއްލައަށް ބަދަލުކުރަން ޖެހުނީ" ސުމާ ކިޔާދިނެވެ. މިކަމުގައި ދިމާވާ އެންމެ ބޮޑު އުނދަގުލަކީ ރަނގަޅު އާރޓް ސަޕްލައިސް ނުލިބުންކަމަށްވެސް ސުމާ ބުނެފައިވެއެވެ.
"ސުމާ ބުނެލަން ބޭނުންވަނީ އެހެންމީހުން ގެ ހިޔާލު ހޯދުމުގެ ބަދަލުގައި އަމިއްލަ މީހާ ކުރިޔަށް ދާންބޭނުންވާ ދާއިރާ އަކުން ކުރިޔަށް ދާށޭ. ކަމެއްކުރާއިރު އެކަމުއް ކުރަންވާ ވަރަށް ކުރާ ހިތުން އެއިރުން އެކަމެއް ފުރިހަމަކޮށް ކުރެވޭނީ އެހެންވީމާ ވަރަށް މުހިންމު ކުރާހިތްވާކަމެއް ކުރުން" ސުމާ މިދާއިރާއިން ކުރިޔަށް ދާންބޭނުންވާ ކުދިންނަށް ނަސޭހަތެއްގެ ގޮތުގައި ބުނެލިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން