ދިވެހި ފަންނާނުންނަކީ އަބަދުވެސް ތަފާތު އާ ކަންތައް ތަޖުރިބާ ކޮށް އެކަންކަމުން ކުރިޔަށް ދާން ބޭނުންވާ ބަޔެކެވެ.ތަފާތު ހުނަރުވެރި ފަންނާނުން މި ދިވެހިރާއްޖޭގައިވެސް އެބަތިބިއެވެ. އެކަމުމަކު ގިނަފަހަރަށް މިފަންނާނުންނަށް ފުރުސަތު ލިބިގެން ނުދިޔުމުގެ ސަބަބުން މިފަންނާނުންގެ ހުނަރުގެ ބޭނުން ހިފޭ ގޮތެއްނުވެއެވެ.

އިންސްޓާގްރާމް ބަލަމުން ދަނިކޮށް ފެންނަނީ ކުޑައިރު ކުޅެން ގެންގުޅުނު ކްލޭ ބޭނުންކޮށްގެން ވަރަށް ތަފާތު އަދި ރީތި ކަންފަތުގައި ލާ އެއްޗިއްސާއި ތަޅުދަނޑީ ގައި އަޅުވާއެއްޗިހި ގެ އިތުރުން ފަށުފުލާއި އެހެން އެއްޗެހި ހަދާފައި ވިއްކަން ލާފައި ހުރިތަނެވެ

25 އަހަރުގެ ފާތުމަތު ޝަފްގާ ޝަފީގް އަކީ އާރޓްފޮށި ނަމަކަށް ކިޔާ އިންސްޓާގްރާމް ޕޭޖެއް ހިންގަމުންދާ ހީވާގި މަންމައެކެވެ. ޝަފްގާ އިތުރަށް ބުނި ގޮތުގައި އޭނާ އެންމެ ކުޑައިރުވެސް މަންމަ އާއި އެކީ އަބަދުވެސް ކޮންމެވެސް ކަހަލަ ކްރިއޭޓިވް ކަމެއް ކުރާކަމަށާއި އާންމުކޮށް ކުދި ކުދި ކޯސްތަކުގައި މަންމަ އާއެކު ބައިވެރިވެފައިވާކަމަށެވެ. އެގޮތުން ބޭކިން ކޯހުން އިން ފެށިގެން ގޮސް މާ ޖަހަން ދަސް ކުރާ ކޯސް ވެސް ހަދާފައިވާ ކަމަށް ޝަފްގާ އިތުރަށް ބުނި އެވެ. ޝަފްގާގެ ދެ ދައްތައިން ނަކީ އާރޓިސްޓުން ކަމުން އެކަކު އަނެކަކަށް އެހީތެރިވެ ހެދުމަކީ އަބަދުވެސް ކުރަމުން ދިޔަ ކަމެކެވެ.

"އެންމެ ފުރަތަމަ ކްލޭއިން އެއްޗހި ހަދަން ޝައުގުވެރިވީ މީގެ 3 އަހަރުކުރިން، ދެން ކްލޭއިން އެއްޗެހި ހަދާ ވީޑިޔޯ އިންސްޓާގްރާމްއިން ބަލަމުން ދަނިކޮށް ފެނުނީ އަމާނީ-މާރް ނަމަކަށް ކިޔާ ޕޭޖް އެއް. އެ ޕޭޖްއިން ހިންގި ކްލާހެއްގަ ބައިވެރިވެގެން ދަސްކޮށްގެން އެއްޗެހިހަދާފަ ވިއްކަން ފެށީ." ސަފްގާ މިކަންފެށުން ގޮތް ކިޔާދެމުން ބުނިއެވެ.

އެންމެ އުނދަގޫ މަސައްކަތަކަށް ކުރެވުން މަސައްކަތަކީ ކަޕްލް ބިޓްމޯޖީ އެއްގެ މަސައްކަތް ކަމަށް ސަފްގާ ހާމަ ކުރިއެވެ. ސަބަބެއް ކަމަށް ސަފްގާ ބުނީ އެ ކުރެހުމަށް ފަހު އަނެއްކާ ކްލޭއަށް އިމްޕިރަންޓް ކުރަން ޖެހުމާއި ކުދި ކުދި ޑީޓޭލްތައް ހަދަން ގިނަ ވަގުތު ހޭދަ ކުރަން ޖެހުނީތީ އެވެ. ކިތަންމެ އުނދަގޫ ކަމެއް ކަމުގައި ވިޔަސް އެކަމަކީ ކުރާ ހިތުން ކުރެވޭ ކަމެއްކަމަށް ވާތީ އަބަދުވެސް އެންމެ ފުރިހަމަ ގޮތުގައި އެކަން ނިންމާލެވޭ ކަމަށެވެ.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Art Foshi (@artfoshi)

 

އޭނާ އިތުރަށް ބުނި ގޮތުގައި މިކަމުގައި އާއިލާ އަދި އެކުވެރިން ގެ ފަރާތުން ވަރަށް ބޮޑު އެހީ ލިބޭ ކަމަށާއި މިކަމަކީ އޭނާ މިހާރު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ޝަފްގާކިޔާދިނެވެ. ޝަފްގާ އިތުރަށް ބުނި ގޮތުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން ދަނީ ރަނގަޅު ކޮމެންޓްސް ކަމަށާއި ކޮންމެ ފަރާތެއްވެސް ދަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. މީގެ އިތުރުން ޝަފްގާ އެންމެ އުފާވަނީ އޭނާ ގެ ކަސްޓަމަރުން އޭނާ ގެ މަސައްކަތާއި މެދު ހިތްހަމަ ޖެހުނީމައިކަމަށެވެ. ޝަފްގާ ބޭނުން ވަނީ އޭނާ ގެ މި މަސައްކަތް ކުރިޔަށް އޮތްތާންގައި ފުޅާ ކޮށް އިތުރު ކަސްޓަމަރުންނައް ހިދުމަތް ދިނުންމަށެވެ. މިކަން ކުރަން ބޭނުންވާ ކުދިންނައް ނަސޭހަތެއް ގެ ގޮތުން ޝަފްގާ ބުނީ "މިކަމަކީ ހަމަ ކުރަން ވަރަށް ފަސޭހަ ކަމެއް އެކަމަކު އެއީ ކުރާހިތްވަންޏާ. މީހުން ވަރަށް ތަފާތު އެއްޗެހި ކިޔާނެ. އެކަމުކު ކުރަން ބޭނުންވާ ކަމެއް ހާސިލް ކުރާނީ އަމިއްލައަށް މީހުން ކިޔާ އެއްޗެއް ބަލައިގެން ކުރިއެރުމެއް ނުލިބޭނެ. ބޭނުން ވާ ކަމެއް ހާސިލް ކުރުމުގައި ފަހަތަތް ނުބަލާ ކުރިޔަށް ދިއައީމަ އިންޝާ ﷲ ކާމިޔާބު ލިބޭނެ" 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Art Foshi (@artfoshi)

 

"ޝަފްގާ މިހިސާބަށް އަންނަން އެހީތެރިވެދިން ހުރިހާ އެންމެނައް ވަރަށް ބޮޑަށް ސުކުރު އަދާކުރަން ބޭނުން. ޚާއްސަ ކޮށް އާއިލާ މީހުންނާއި ރައްޓެހިން އަދި އަޅުގަނޑުގެ ކަސްޓަމަރުންނަށް. މިހިސާބަށް އާދެވުނީތީ ﷲ އަށް ހަމްދު ކުރަން. އަދި ތީރު ޓީމުން ތިދެއްވި ފުރުސަތަށް ވަރަށް ބޮޑައް ޝުކުރިޔާ އަދާކުރަން" ނިންމާލަމުން ޝާފްގާގެ ޝުކުރުގެ ލިސްޓް ކިޔާލިއެވެ.

ތީރު ޓީމުން އެދެނީ ޝަފްގާއަށް ކުރިއެރުމާއި ފާގަތި މުޝްތަގުބަލަކަށެވެ.