ދިވެހިންނަކީ ފުޓްބޯޅައިގެ ކަންކަމުގައި އަބަދުވެސް ދެވަނައެއްނެތްފަދަ ބަދަހި ގުޅުމެއް ދައްކަމުން ދާ ބަޔެކެވެ. މިފަހަރު ދިވެހިން އެއްބައިވަންތަ މިކުރުވީ ވޯޓeކެވެ. އެކަމު އެއީ އާދައިގެ ވޯޓެއްނޫނެވެ.

އޭފްސީ އިން ކުރިޔާށް ގެންދާ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލަށް ދިވެހިރާއްޖޭ ގެ ލެޖެންޑަރީ ކުޅުންތެރިޔާ އަލީ އަސްފާގް (ދަނގަޑޭ) މިވަނީ ދަތުރުކޮށް ފައިއެވެ. މިމަހުގެ 22 ވަނަ ދުވަހާއި ހަމަށް ކުރިޔަށްގެންދާ މި ވޯޓަކީ އެހާމެ ވާދަވެރި އަދި ކާމިޔާބު ކުރަން އުނދަގޫ ވޯޓަކަށް ވީނަމަވެސް ދިވެހިން މިވަނީ ދަނގަޑޭ އަށް މި ވޯޓް ވެސް ކާމިޔާބު ކޮށްދޭން އެތައް ބައިވަރު މަސައްކަތް ތަކެއް ކުރަން ފަށާފައިއެވެ. އެގޮތުން އެތައް ބަޔަކު މިވަނީ ސޯޝަލް މީޑިއާ ކެމްޕޭން ތަކެއް ވެސް ފަށާފައިއެވެ. އެގޮތުން ވައިބާރ، ފޭސްބުކް އަދި ޓުވިޓާގައި ބޮޑެތި ކެމްޕޭން ކުރިޔަށް އެބަދެއެވެ. ވައިބަރ ގްރޫޕްގެ އިތުރުން މިހާރު ދަގަނޑޭ އަށް ވައިބަރ ސްޓިކަރ ޕެކެއްވެސް ވަނީ ހަދާފައިއެވެ.  މީގެ އިތުރުން ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް ވެސް މިހާރު ވަނީ ހަދާފައިއެވެ.

19 ވަނަ ދުވަހު ވޯޓްލުން ހުޅުވުމާއިއެކު ގިނަބަޔަކު ވަނީ އަސްފާގް އަށް ވޯޓްދީ އޭނާއަށް ކުރި ހޯދާދީފައިއެވެ. ނަމަވެސް ވިއެޓްނާމުގެ ގުޔެން ވެން ގުޔެތް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރި ހޯދާ ފަރަގު ބޮޑު ކޮށްފައެވެ. ނަމަވެސް އަނެއްކާ މިވަނީ އަސްފާގް ކުރި ހޯދާފައިއެވެ. މިހާރު އިން ގޮތުން އަސްފާގަށް %52.95 ލިބިފައިވާއިރު ވިއެޓްނާމުގެ ގުޔެން ވެން ގުޔެތައް ލިބިފައިވަނީ %47.05 އެވެ.

އަސްފާގްއަކީ ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަން ސިޕް ތަށި ހޯދައިދިނުމުގައި ވަރަށް ބޮޑު ރޯލެއް ކުޅުން ކުޅުންތެރިއެކެވެ. އަދި އެތައް ފަހަރަކު ރަން ބޫޓް ވެސް ހޯދައިފައިވާ ތަފާތު އަދި މޮޅު ކުޅުންތެރިއެކެވެ.

ދަގަނޑޭގެ ގޯލް ތަކުން މިފަހަރު އެންމެ ރީތި ގޯލެއް ކަމުގައި ހޮވިފައިވަނީ އޭފްސީ ކަޕް 2013 ގައި އިންޑޮނޭސިއާ ގެ ޕާސިބޯ ގެ މައްޗައް 0-7 ނިއުރޭޑިއަންޓް ކުރި ހޯދި މެޗްގައި  އަސްފާގު ޖަހާދިން ތަފާތު މޮޅު ގޯލެވެ.

https://stickers.viber.com/pages/custom-sticker-packs/11eb2bd4e3ff118c958e35ed2b4dbe2e53b299e2bab15cee ސްޓިކާ ޕެކް ހޯދެއްވުމަށް މިލިންކަށް ފިތާލައްވާ

https://invite.viber.com/?g2=AQB48OkleiWtnUx4kwmz0tEStovXlcrorzULTYFovFBzq970cAJXArYFZ4ygaZOu%20on%20Viber  ވައިބާ ކޮމިއުނިޓީ އަށް ޖޮއިން ކޮށްލަން މިލިންކަށް ފިތާލައްވާ

https://www.the-afc.com/competitions/afc-cup/latest/news/bracket-challenge-semi-final-nguyen-quang-hai-hanoi-fc-vs-ali-ashfaq-new-radiant ވޯޓް ދިނުމަށް މި ލިންކަށް ފިތާލައްވާ.