ދިވެހިންނަކީ ތަފާތު ކަވި މަސައްކަތް ކުރުމުގައި ވަރަށް ވެސް އަރާ ތިބި ބަޔެއްކަން އެންމެން ވެސް ގަބޫލު ކުރާ ބަޔެކެވެ. އެގޮތުން ލަންކާގައި ދިރިއުޅުމެން 32 އަހަރުގެ އުޝްވަތް އަހުމަދު އާންމު ނަމުން ނަމަ އުޝްވާ އަކީ ހަމަ އެހާ ކަވި އަދި އުނދަގޫ މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ޓޭންގްލްސް އެންޑް ނޮޓް ގެ ނަމުގައި އިންސްޓާގުރާމްގައި ހިންގަމުން މަކްރޯމީ ވިޔެގެން ވިއްކަމުންދާ ޕޭޖްއެކެވެ.

"އަސްލު ފުރަތަމަ މީހުން ހަދާފަ އަޕްލޯޑް ކޮށްފަ ހުރި މަކްރޯމީ ފެނިގެން ހަމަ ހަދާ ހިތްވީ. ލޮކްޑައުން ތެރޭ ވީމާ އަނެއްހެން ކުރާނެ މާ ބޮޑު ކަމެއް ވެސް ނެތީމަޔާ އެކީގަ. ފުރަތަމަ ހެދީ ވޫލް އިން ޓްރައި އަކަށް. ދެން ހެދި އެއްޗެހި ލީ އިންސްޓާ ސްޓޯރީ އަށް. ވަރަށް ގިނަ ބަޔެއް ގެ ސަޕޯރޓް ލިބުން ދެން ވިސްނީ އަސްލު މަކްރޯމީ ކޯޑް ހޯދައިގެން ހަދަން ފަށަން. ދެން ކޯޑް ބޭނުން ކޮށްގެން އެކި އެއްޗެހިހަދަން ފެށީ. މީހުން ވަރަށް ކިޔާ އޭރުވެސް ވިއްކަން. އެހެން ވެ އިންސްޓާގަ ޕަޖެއް ހަދައިގެން ވާގޮތެއް ބަލައިލަން ވިއްކަން ފެށީ. ހީކުރި ވަރަށް ވުރެން ވެސް ބޮޑު ތަރުހީބެއް ލިބޭ." މިކަން ފެށުން ކިޔާ ދެމުން އުޝްވާ ބުނެލިއެވެ. އުޝްވަތް އިތުރަށް ކިޔާދިން ގޮތުގައި މިހާތަނައް އައިއިރު 2 ވެޑިން ބެކްގަރައުޑްބެލްޓް، ދަބަސް، ތަޅުދަނޑީގައި ލާ އެއްޗެހީ ގެ އިތުރުން ކުޑަ ކުދިން ގެ އުނދޯލިއެއް ވެސް ހަދާފައިވާކަމަށެވެ. އެންމެ އުދަގޫވީ އުނދޯލި ހަދަން ކަމަށް ބުނާ ސަބަބަކީ އޭތީ ގެ ޑީޓޭލް ކުރުމުގެ ބައި އުނދަގޫ ވުމުން ކަމަށްށާއި މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ކޯޑް ގެ ކުލަތައް ލިބުމު ދަތިކަމާއި ކޯޑް އަގުގެ ބޮޑުވުން ކަމަށް އިތުރަށް އުޝްވަތް ބުނެލިއެވެ.

"ކަލާރ ކޯޑް ހޯދުން އެއީ ވަރަށް އުދަގޫކަމެއް. ކަލާރސް ބޭނުން ކުރަންޔާ އަޅުގަނޑު ކޯޑްތައް ކަލާރް ޑައި ކުރަނީ އަސްލު އެއީ ވަރަށް ވެސް އުނދަގޫކަމެއް. ކޮންމެ ފަހަރަކު ކަލާރ ޑައި ކުރުމަކީ."

"އަސްލު ވަރަށް ފާހަގަ ކޮށްލަބޭނުން މަންމައާއި ފިރިމީހާގެ ފަރާތުން ލިބެމުން އަންން އެހީތެރިކަން. ޝުކުރުގެ ލިސްޓް ގެ އެންމެ ކުރީގައި ތިބޭނީ މަންމަ އާއި ފިރިމީހާ. އަދި ވަރަށް ބޭނުން ހަމަ ސަޕޯޓްދިން ހުރިހާ އެންމެނައް ވެސް ވަރަށް ބޮޑައް ސުކުރު އަދާ ކުރަން. ދެން ބުނަލަން ބޭނުންވަނީ ކުރިޔައް ދާބޭނުން ޕްރޯފެސަން އަކުން ކުރިޔަށް ދިޔައީޔާއޭ ކުރިއެރުން ލިބޭނީ އެއީ އޭރުން ކުރާކަމެއް ކުރާނީ ވަރަށް ކުރާހިތުން ވީމަ ވީހާ ވެސް ޕާރފެކެޓް ކޮށް ކުރެވޭނެތީ" 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ushwath Ahmed (@tangles_and_knotz)