އީދު ދުވަހަކީ އުފާވެރިކަމުން ފުރިގެންވާ ދުވަހެކެވެ. މި ދުވަހުގެ އުފާ ތުއްތު ކުދިންނަށް ހޯދައި ދިނުމުގެ ގޮތުން އީދު ހަދިޔާ ދިނުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައިވެސް މުސްލިމުން ކޮށް އުޅޭ ކަމެކެވެ. އީދު ދުވަހު ކުޑަ ކުދިންނަށް ހަދިޔާ ދިނުމަކީ އެކުދިން އީދު ދިވަހަށް އިތުރަށް ލޯބިކޮށް، އިސްލާމް ދީނާއި ދޭތެރޭ ޝައުގުވެރިކަން އުފައްދާ ކަމެކެވެ. 

އީދު ހަދިޔާޔަށް ތުއްތު ކުދިނަށް ދެވޭނެ ބައެއް ތަކެތި:
 
1. ޕެއިންޓް ކިޓް
ކުރެހުމަށް އަދި ކުލަ ޖެއްސުމަށް ލޯބި ކުރާ ކުދިންނަށް ފެން ކުލަ، ކުރަހާ ފޮތެއް، އަދި އެހެނިހެން ކުރެހުމަށް ބޭނުން ކުރާ ސާމާނު ހިމެނޭ ޕެކްއެއް ހަދާފައި ހަދިޔާ ކުރެވިދާނެއެވެ.

2. ޗޮކުލެޓް ޕެކް
ހުރިހާ އުމުރެއްގެ ކުދިންވެސް އާންމުކޮށް ޗޮކުލެޓް ފަދަ ފޮނި ތަކެއްޗަށް ލޯބި ކުރެއެވެ. ކުދިންނަށް އެންމެ ކަމުދާ ޗޮކުލެޓްތައް އެއް ޕެކެއް ގޮތުގައި ރީތިކޮށް ޕެކް ކޮއްފައި ދިނުމުން ވަރަށް ކަމުދާނެއެވެ.

3. ކުކީ އަދި ކޭކު ޑެކަރޭޓިންގް ކިޓް.
މިއީ ކުދިންނަށް ވަރަށް ޝައުގުވެރި ކަމާއިއެކީ ކުރެވޭނެ މަސައްކަތެކެވެ. މިއީ މިހާރު ރާއްޖޭގައި ހޯދަން ވަރަށް ފަސޭހަ ކިޓެކެވެ.

4. ވަކި ލާރި އަޅާ ދަޅެއް
ކުދިންނަށް ލާރި ރައްކާ ކުރުމަށް ދަސްކޮއްދިނުމަށް މިއީ ވަރަށް ރަނގަޅު ހަދިޔާއެކެވެ.

5. އެކްޓިވިޓީ ފޮތް
އެކި އުމުރު ތަކާއި ގުޅޭ އެކްޓިވިޓީ ފޮތް ގިނަ ބުކްޝޮޕްތަކުގައި ލިބެން 
ހުންނާނެއެވެ.


6. ބޯޑް ގޭމްސް
ބޯޑް ގޭމްސްއަކީ ކުދިންނަށް މަޖާ، އެއްޗެހި ދަސްވެ އަދި އެހެން މީހުންނާއި އެކީ ބޭނުން ކުރެވޭނެ ހަދިޔާއެކެވެ.

7. ކަރުގައި އަޅާ ފަށް، ކަންފަތުގަލާ އެއްޗެހި، ބޮލުގައި ޖަހާ ދަތި އަދި ބޭންޑު
ގިނަ އަންހެން ކުދިންނަކީ ޒީނަތްތެރިވާން ބޭނުން ކުރާ މިކަހަލަ ތަކެތި ވަރަށް ކަމުދާ ކުދިންނެވެ. އެހެން ކަމުން މީ އަންހެން ކުދިންނަށް ދޭން ވަރަށް ރަނގަޅު ހަދިޔާއެކެވެ. 

8. ލިޔަން އަދި ކިޔަވަން ބޭނުން ކުރާ ތަކެތި
ގިނަ ކުދިންނަކީ ރީތި ފަންސޫރު، ގަލަން، ނޯޓު ފޮތް ފަދަ ތަކެތި ބޭނުންވާ ކުދިންނެވެ. ކިޔަވަން އަދި ލިޔަން ބޭނުން ކުރާ ތަކެއްޗަކީ ބޭނުންތެރި ހަދިޔާއެކެވެ.

 

9. ހެޑް ފޯން
ހެޑް ފޯނަކީ ތަންކޮޅެއް ބޮޑެތި ކުދިންނަށް ދޭން ރަނގަޅު، ބޭނުންތެރި 
ހަދިޔާއެކެވެ.

10. ދަބަސް
ކުދިންނަށް ކަމުދާ ކަހަލަ ރީތި ދަބަހަކީ އީދު ހަދިޔާއަކަށް ދެވިދާނެ ރަނގަޅު ހަދިޔާއެކެވެ.