ބ.ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކެންދޫ ފުޓްބޯލް ޗެލެންޖު 2024ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ވިނާސް ބޯއީސް ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. މި މެޗުގައި ބައްދަލު ކުރީ ވިނާސް ބޯއީސް އަދި ބީ.އެލް.ޓީ އެވެ.

2-5 ގެ ނަތީޖާ އަކުން މި މެޗު ވިނާސް ބޯއީސް އިން ކާމިޔާބު ކުރީ، މެޗުގައި މޮޅު ކުޅުމެއް ދައްކައިގެންނެވެ. ބީ.އެލް.ޓީ ގެ ފަރާތުންވެސް މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ، މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައި ވަނީ ވިނާސް ބޯއީސް ގެ ޑިފެންޑަރ، މަފްރޫހް ޒާކިރެވެ. މަފްރޫހަކީ މި މުބާރާތުގައި ކުޅޭ ޑިފެންޑަރުންގެ ތެރެއިން އެއްމެ އުންމީދީ އެއް ޑިފެންޑަރެވެ.

އަންގާރަ ދުވަހުވެސް މި މުބާރާތުގެ ކުޅުން އޮންނާނެއެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެފް.ސީ ވެންގާޑު އަދި ގްލޯރިއަސް ވިކްޓްރީ އެވެ. މިއަދު 16:00ގައި މި މެޗުގެ ކުޅުން ކެންދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި އޮންނާނެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރުމީޑިއާއެވެ. ކޯ ސްޕޮންސަރަކީ ފްލާވަރ ބޯއްޓެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ތަނބިވަށް، ނަޔަމް ޓްރޭޑާސް، ސީކް ޖަމުއިއްޔާ، ކެންދޫ ޒުވާނުންގެ ގުޅުން، ދޯނި މޯލްޑިވްސް، މުރާދު ކާޕެންޓްރީ، އަނަންތާރާ ކިހަވަށް އަދި ދިރާގު ހިމެނެއެވެ.