މަދުމަދުން ނަމަވެސް ރާއްޖެއިން ބައެއް ދުވަސްވަރު ކިނބޫ ފެނުމަކީ ހިނގާ ކަމެކެވެ. އެގޮތުން މިއަދު އެމްއެންޑީއެފުން ބުނެފައިވަނީ ހއ. ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލު ފިނޮޅާއި ހުވަންދޫއާއި ދެމެދުން 12 ވަރަކަށް ފޫޓު ކިނބުލެއް ފެނިފައިވާކަމަށެވެ.
ޖެނުއަރީ 12 ވަނަ ދުވަހުވެސް ރާއްޖެއިން ގާތް ގަނޑަކަށް 14 ފޫޓުގެ ކިނބުލެއް ފެނިގެން ހިފާފައިވެއެވެ. އަދި މިކިނބޫ ހިފުމަށްފަހު އަތްފައި އަދި ތުން ބަނދެގެން ލޯމަތީ ފޮތި ގަނޑެއް އަޅާފައި ލޯންޗެއްގައި އޮތްމަންޒަރު ފެންނަ ފޮޓޯ އެއް ވަނީ އާންމުކޮށްފައެވެ. އަދި ސިފައިން ބުނެފައިވަނީ ކިނބޫ ކަނޑަށް ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް ކިނބޫ ދޫކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ނުވަތަ ކަނޑަށް ދޫކޮށްލުމަށް ފަހު ކިނބޫގެ ފޮޓޯ އެއްނަމަވެސް އާންމު ކުރާނަމަ ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކަށް ވުމުގެ އިތުރުން އިދާރާތަކަށް ރައްޔިތުންގެ އިތުބާރުވެސް ބޮޑުވެގެންދާނެކަމަށް އެކަން ވާނެއެވެ.
ހަމަ ތިމަންނާމެން އެ ކިނބޫ ގެންގޮސް ކަނޑަށް ދޫކޮށްލީއޭ ބުނީމަ އެއީ ހަޤީޤަތްކަމަށް ޤަބޫލުނުކރާނެ މީހުންވެސް މަދެއްނުވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން