ގްރެޓާ ގޭރްވިގްގެ "ބާބީ" ފިލްމުގެ ފަހަތުގައިވާ ޯރިއަކީ އިންކާރު ނުކުރެވޭނެ ކަމެކެވެ. އެކަމަކު މިއީ ބާބީމެނިއާ އިން ގައުމުތައް ހަލަބޮލިކޮށްލި ފުރަތަމަ ފަހަރެއްނޫނެވެ.

މެޓެލް އިން 1959 ވަނަ އަހަރު ބާބީ ވިއްކާފައިވާއިރު، މިއީ ބާބީ މާކެޓަށް ނެރުނު ފުރަތަމަ އަހަރެއެވެ. 1963 އިން 1998 އަށް ބާބީގެ ބުދު ޑިޒައިން ކުރި ކެރޯލް ސްޕެންސަރވަނީ މިކަން ހާމަކޮށްފައެވެ.

"ކުދިން، ފިހާރަތަކުން ބާބީ ފެނުމުން، ބާބީ ނުލާ ގެއަށް ނުދޭ" ސްޕެންސަރ ބުންޏެވެ. “އަދި އެތައްއެތައް އަހަރުތަކެއް ވަންދެން އެކަން ކުރިއަށް ދިޔައެވެ."

މަޝްހޫރު ގިނަ ކުންފުނިތަކެކޭ އެއްފަދައިން މެޓެލް ވެސް ފެށީ ގަރާޖެއްގައި ސްޓާޓްއަޕް އެއްގެ ގޮތުގަ އެވެ. 1945 ވަނަ އަހަރު ދެމަފިރިންކަމުގއިވާ ރޫތު އާއި އެލިއަޓް ހެންޑްލަރ ހެރޮލްޑް “މެޓް” މެޓްސަން އާއި ގުޅިގެން ކުޑަކުދިންނަށް އާ ކުޅޭ އެއްޗެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ.

އެ ކުންފުންޏަށް ނަން ދިނުމުގައި އެމީހުން ނިންމީ މެޓް އާއި އެލިއަޓްގެ ނަން އެއްކޮށްލައިގެން "މެޓެލް" އުފެއްދުމަށެވެ.

އެ ކުންފުނީގެ ފުރަތަމަ އުފެއްދުންތަކަކީ ޕިކްޗާ ފްރޭމްތަކާއި ޑޯލްހައުސް ފަރުނީޗަރެވެ؛ އެއަށްފަހު އެމީހުން ކުޅޭ އެއްޗެހި އުފެއްދުމަށް ބަދަލުވިއެވެ.

މި ތިން މީހުންގެ ފުރަތަމަ ކާމިޔާބު މަސައްކަތަކީ އުކޭ-އޭ-ޑޫޑްލް ކިޔާ އުކުލެލޭ އާއެއްފަދަ އިންސްޓްރޫމެންޓެކެވެ. ގިނަ ހިޓް ޓޮއިސްތަކަކަށްފަހު، ވަރަށް އަވަހަށް އެ ކުންފުނި ބޮޑުވީ ގްލޯބަލް ކޯޕަރޭޝަނަކަށެވެ.

އޭގެ އެތައް އަހަރެއް ފަހުން ރޫތު ހެންޑްލަރ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު ބާބަރާއާއެކު ސްވިޒަލޭންޑްގެ މަގުތަކުގައި ހިނގާފައި ދަނިކޮށް ފިހާރައެއްގެ ކުޑަދޮރަކުން ގޭގް ގިފްޓް ޑޯލްއެއް ކަމަށްވާ ބިލްޑް ލިލީ ފެނުނު ކަމަށް 2002 ވަނަ އަހަރު ބާބަރާ ހެންޑްލާއާ އެކު ނިއުޔޯކް ޓައިމްސްގައި ލިޔެފައިވާ ލިޔުމެއްގައިވެ އެވެ.

އެ އިންޓަވިއުގައި ބާބަރާ ހެންޑްލާ ބުނީ ބާބީ އަށް އޭނާ އޯބްސެސްޑް ވެގެން ދިޔަ ކަމަށާއި ހާއްސަކޮށް ކުޅެން ލޯބިކުރާ ކަރުދާސް ޑޯލްތަކާއި ހިލާފަށް ލިލީ އަކީ ތިން ޑިމޭންޝަނަލް ޑޯލްއެއް ކަމަށާއި އެއާއިއެކު ހެދުންވެސް އެކުލެވެއެވެ.

އެކަމަކު ދިމާވީ އެންމެ މައްސަލައެކެވެ.

"އަހަރެން ހިތްހަމަނުޖެހުނީ ތަފާތު ހެދުންތައް ބޭނުންވާތީ، އަދި އެމީހުން ހެދުންތައް ވަކިން ނުވިއްކާތީ. ތަފާތު އައުޓްފިޓެއް ބޭނުންވާ ކޮންމެ ފަހަރަކު ތަފާތު ޑޯލްއެއް ގަންނަން ޖެހުނީ،" ހެންޑްލާ އެންވައިޓީއަށް ކިޔައިދިނެވެ.

ޒުވާން އަންހެން ކުދިންނަށް އަމާޒުކޮށްގެން އާ ބުދެއް އުފެއްދުމަށް ރޫތު ހެންޑްލަރ ޝައުގުވެރިވި ނަމަވެސް، މެޓެލްގެ ހެންޑްލަރގެ ފިރިމީހާ އެލިއަޓް ހިމެނޭ ގޮތަށްގިނަ ފިރިހެނުން އެކަމަށްގަބޫލެއް ނުވިއެވެ. 

"ގިނަ ފިރިހެން މުވައްޒަފުން ވިސްނާފައެއް ނުވޭ، ފިހާރަތަކުން ގަންނަ މީހުން، ނުވަތަ މިތަނުގެ މީހުން، ނުވަތަ އެއްވެސް ފިރިހެނަކު ޤަބޫލެއްނުކުރެ ބާބީ ޑޯލްއެއް ވިއްކޭނެކަމަށް ނުދެކޭ އަދި އެމީހުން ދެކުނީ ގޯސްހިޔާލެއްކަމަށް،" ބްރޭންޑެޑް ކޮންޓެންޓް މާކެޓިން އެސޯސިއޭޝަން (ބީސީއެމްއޭ) އަށް 2017 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބާބަރާ ހެންޑްލާ ބުންޏެވެ.

އެހެނަސް ރޫތު ހެންޑްލަރ ވަނީ އެ ބާބީ އުފެއްދާ، އޭނާގެ އަންހެން ދަރިފުޅުގެ ނަމުން ނަންދީފައެވެ.

"އަހަންނަށް އާންމުކޮށް ކިޔަނީ ބާބަރާ، އެކަމަކު އަހަރެންގެ ނިކްނޭމްތައް ވެސް ތަފާތު: ބެބްސީ، ބޮބީ އަދި ބާބީ،" ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބާބަރާ 

ހެންޑްލާ ބުންޏެވެ.

1959 ވަނަ އަހަރުގެ މާޗް މަހު ނިއުޔޯކުގައި ބޭއްވި އެމެރިކަން ޓޮއި ފެއާގައި ބާބީ މިލިސެންޓް ރޮބަޓްސް (ބާބީގެ ފުރިހަމަ ނަން) ތާރަފްކރިއެވެ. ހަމައެކަނި ކުޑަކުދިންގެ ކުޅޭ އެއްޗަކަށް ވުމުގެ އިތުރުން، ބާބީގެ ގާބިލްކަން މާ ބޮޑުކަމަށް ރޫތު ހެންޑްލަރ ގަބޫލުކުރި އެވެ.

ސްޓޯން ބުނި ގޮތުގައި ރޫތު ހެންޑްލަރ ބޭނުންވީ ބާބީ އަންހެން ކުދިންނަށް ޗޮއިސް އާއި ޕޮސިބިލިޓީ ތަމްސީލުކޮށްދީ، އެމީހުން ބޭނުންވާ ކޮންމެ ޕްރޮފެޝަންއެއްގައި އުޅެވިދާނެކަން އަމިއްލައަށް ތަޞައްވުރު ކުރެވޭނެ ގޮތް ހެދުމަށެވެ.

ހީސްޓްރީ ޑޮޓްކޮމް އިން ބުނާ ގޮތުގައި ފުރަތަމަ އަހަރު 300،000 އަށް ވުރެ ގިނަ ބާބީ ވިކިފައިވެ އެވެ. އަދި އޭގެ ފަހުން ބާބީ ވަނީ ހުރިހާ ޒަމާނެއްގެ އެންމެ މަގުބޫލު އެއް ކުޅޭ އެއްޗަކަށް ވެގެން ގޮސް، ބާބީ ބްރޭންޑްގެ ވިޔަފާރިން އަހަރަކު އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ހޯދާފައެވެ.

 ބާބީ މާކެޓަށް ނެރުނުތާ ތިން އަހަރު ފަހުން 1962 ވަނަ އަހަރު މެޓެލް ނިންމީ އޭނާއަށް ލޯބިވެރިއެއް ދިނުމަށެވެ.

އެބާބީއަށް ނަން ދީފައިވަނީ ހެންޑްލަރުގެ ދަރިފުޅު ކެންގެ ނަމުންނެވެ.

1968 ވަނަ އަހަރު މެޓެލް އިން ފުރަތަމަ ކަޅު ނަސްލުގެ ބާބީ "ކްރިސްޓީ" ތައާރަފްކުރިއިރު، އޭގެ ފަހުން 1985 ވަނަ އަހަރު ސީއީއޯ ބާބީ ވެސް ހިމެނޭ ގޮތަށް އެކުގައުމުތަކާއި މަސައްކަތައްކުރާ ބާބީ ލައިނެއް ތައާރަފްކުރި އެވެ.