ތަފާތު އަދި ރީތި ގުދުރަތީ ފޮޓޯތައް ބަލާލުމަށް ހަމަގައިމުވެސް އަހަރެމެންގެ ތެރެއިން ބައެއް ފަރާތްތައް ޝައުގުވެރިކަން ހުރެއެވެ. ގުދުރަތީ މަންޒަރު ތަކާއި ވަލު ޖަނަވާރުގެ ފޮޓޯ ނެގުމަށް ލޯބިކުރާ ވައިލްޑް ލައިފް ފޮޓޯގްރާފަރުން ނަގާ މިފަދަ ބައެއް ގުދުރަތީ ފޮޓޯތަކަކީ ހީނުކުރާހާ ބުރަމަސައްކަތުން ނަގާ ފޮޓޯތަކެކެވެ. ހަމަ ލޮލުން ބަލާލަން ނުލިބޭ ގިނަ ކަންތައްތަކެއް މިފަދަ ފޮޓޯގެ ޒަރީއްޔާއިން އާންމުންނާއި ހަމައަށް ފޯރުކޮށްދެއެވެ.

މަތީގައި އެވާ ފޮޓޯއަކީ މި ދެންނެވި ފަދަ ބުރަ މަސައްކަތުން ފޮޓޯގްރަފަރަކު ނަގާފައިވާ ފޮޓޯ ސީރީޒްއެއްގެ ފޮޓޯއެކެވެ.

މި ފޮޓޯތައް ނަގާފައިވަނީ ރާހުލް ސިންގް ނަމަކަށް ކިޔާ އިންޑިއާގެ ވައިލްޑް ލައިފް ފޮޓޯގްރާފަރެކެވެ. އޭނާއަކީ އޭނާގެ ކެމެރާއިން ލޯކަލް ވަލު ޖަނަވާރުތައް، އަދި ޚާއްސަކޮށް ލޯކަލް ދޫނިތައް ކެޕްޗަރކުރަން ހާއްސަ ލޯތްބެއް ހުންނަ މީހެކެވެ. ދާދި ފަހުން އޭނާގެ ކެމެރާގެ ލެންސުން ފޯރުކޮށްދީފައިމިވާ "ދޫންޏެއް ފެންވަރާ" މަންޒަރުތަކަކީ އުމުރުގައި އެއްފަހަރުވެސް ފެނިލަން ނުލިބޭވަރުގެ އަގުހުރި ރީތި ހަމަ އެހާމެ އަޖައިބު ކުރުވަނިވި ފޮޓޯތަކެކެވެ.

މި ފޮޓޯތަކުން ފެނިގެންދަނީ ފޮޅިފައިވާ މަލެއްގެ ފިޔައެއްގެ ތެރޭގައި ކުޑަކުޑަ ދޫންޔެއް ފެންވަރާ މަންޒަރެެވެ.

 

"އަހަރެން ޒިޔާރަތްކުރީ ޒީނަތްތެރި ދޮންކެޔޮ ގަސްތަކެއް ހުރި ތަނަކަށް، އޭގެ ތެރެއިން މޭވާގެގެ ފޮނިބޯން އަންނަ ސަންބަރޑްސްގެ ފޮޓޯ ނަގަން،" ދަ ޑޯޑޯ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

“ހުރިހާ ކަމެއް އާދައިގެ މަތިން ހިނގަމުން ދިޔައިރު، ކުއްލިއަކަށް ސިހުމެއް ލިބުނީ ދޮންކެޔޮ މަލުގެ ފިޔައެއްގައި ހަރުލާފައި ހުރި ފެނުގައި ކްރިމްސަން ސަންބަރޑް ފެންވަރަން ފެށުމުން.”އޭނާ ފޮޓޯ ނަގަން ފުރުސަތު ލިބުނުގޮތް ކިޔައިދިނެވެ.

ހައިރާންވެފައި ހުރެ އޭނާ އަވަސް އަވަހަށް ހުއްޓުމެއްނެތި ފޮޓޯތަކެއް ނަގައިގަތީ އެ ދޫނި ފެންވަރަމުން ދިޔަމަންޒަރުތަކެވެ. އޭނާ ލިޔެފައިވަނީ އެއީ “ގުދުރަތުން އެދޫންޔަށް އަށް މަލުގެ ފިޔައިން ބާތު ޓަބެއް އުފައްދާދިން ކަހަލަ ކަމެއް” ކަމަށެވެ.

ދުވަހަކުވެސް އެފަދަ ކަމެއް ފެނިފައި ނުވާއިރު، އެއީ މަދުން ނޫނީ ނުފެންނަ ފުރުސަތެއްކަން އެނގުމުން ސިންގް ވަނީ ފުރުސަތުގެ ބޭނުންހިފާ އެމަންޒަރު އެއްކޮށް ފޮޓޯނަގާފައެވެ.

ކްރިމްސަން ސަންބަރޑް ބާތުގެ ފޮޓޯތައް މިހާރު ވައިރަލްވެ، މި ފޮޓޯތަކަކީ އިންސްޓަގްރާމްގައި ސިންގްގެ އެންމެ މަގުބޫލު ފޮޓޯތަކަށްވަނީ ވެފައެވެ.

ގުދުރަތީ ބައެއް މަންޒަރުތަކުގެ ފުރިހަަކަމަކީ ހަމަގައިމުވެސް އިންސާނާ ހައިރާނަ ކޮށްލާފަދަ ރީތި މަންޒަރު ތަކެވެ.