"އެއީ ތަންކޮޅެއް ބޮޑުވަރު ވެލެންޓިނޯ އިން މޮޑެލްތައް ހެޔޮވަރުނޫން ބޫޓުތަކުގައި ރަންވޭއަށް އަރުވައިގެން މިހާރު ޖެހިޖެހިގެން 2 ސީޒަންގައި ވެއްޓިގެން ދިއުމަކީ،" ނެޓިޒަނަކު ލިޔެފައިވެއެވެ.
ބުރާސްފަތި ދުވަހު ނިމުނު ޕެރިސް ހޯޓް-ކުޓުއަރ ވީކް 2023 ގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އާއްމުކޮށް މި ފަދަ ހާދިސާތަކަކީ ފެޝަނަށް ލޯބިކުރާ އެންމެންގެ ހަނދާންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރުލާފަ ހުންނަ ކަންކަމެވެ.
ޝިއާޕަރެލީގެ ޑިވައިސިވް އެނިމަލް ހެޑް/ސިންގާގެ ބޯ އެކުލެވޭ ހެދުމާއި އާއި ވިކްޓަރ އެންޑް ރޯލްފްގެ ބިޒީ ޓޮޕް-ޓަވީ ގައުން އިން ފެށިގެން ޑޯޖާ ކެޓްގެ ރައިންސްޓޯން މޭކަޕާއި ހަމައަށް މި ފެޝަން ވީކަކީ ހަމަ ޔަގީނުންވެސް ގިނަކަންކަން އެކުލެވުނު ހަފްތާއެކެވެ.
ނަމަވެސް ޕެރިހުގައި ވެލެންޓިނޯގެ ސްޕްރިންގް 2023 ގެ ހޯޓް-ކުޓުއަރ ޝޯގެ ތެރޭގައި ވެސް ހިތާމަވެރި ހާދިސާއެއް ހިނގާފައިވެއެވެ.
އެ ޝޯގެ އެއް މޮޑެލް ކަމަށްވާ ސުޕަމޮޑެލް ކްރިސްޓެން މެކްމެނާމީ ވަނީ ވެލެންޓިނޯގެ ރަންވޭގައި ވެއްޓިފައެވެ. ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއެއްގައި، މި ތަޖުރިބާކާރު ވެޓެރަން މޮޑެލް އުސް ސްޓިލެޓޯ އެއްގައި ހިނގާލުމަށް އުނދަގޫތަކެއް ކުރިމަތިވެ، ވަނީ ވެއްޓިފައެވެ. މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެނުނަސް އޭނާ އަރައިގެން ހުރި ހީލްސް ބޭލުމަށްފަހު އަނބުރާ ފައިމައްޗަށް ތެދުވެ ހިނގާލުން ފުރިހަމަ ކުރެއެވެ.
ވީޑިއޯ އާންމުވިތާ މާގިނައިރުތަކެއް ނުވެ ނެޓިޒަނުން ވަނީ ލަގްޒަރީ ފެޝަން ހައުސް ވެލެންޓިނޯއަށް ފާޑުކިޔާފައެވެ. އަދި އެމީހުންގެ މޮޑެލްތައް ރަނގަޅު ނޫން ސައިޒުތަކުގެ ބޫޓުތަކެއްގައި ހިނގަން ރަންވޭއަށް އަރުވާކަން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއަށް ފަހު ވެލެންޓިނޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަންވޭ ޝޯތަކަށް އަރުވާ މޮޑެލުންގެ ސަލާމަތާއި ދުޅަހެޔޮކަމަށް މެއިސަން ވެލެންޓިނޯ ވަރަށް އިސްކަންދޭކަމަށެވެ. އަދި މޮޑެލުންނަށް އަރަންޖެހޭ ބޫޓުގައި، ޕްރެކްޓިސް ކުރަން ފުރުސަތުދީ، ޝޯގަ އެއަށް އަރައިގެން ހިނގަން އުނދަގޫ ނޫންކަން ކަށަވަރު ކުރުމަށްޓަކައި ބޭނުން ބޫޓަކަށް އެރުމަށް ހުށަހެޅި ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މިއީ މޮޑެލުންގެ ފައި ރަނގަޅަށް ނުފެތޭ އަދި އުނދަގޫ ބޫޓުތަކަކަށް އެމީހުން އަރުވައިގެން ވެލެންޓީނޯއަށް ފާޑުކިޔުން އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ވެލެންޓިނޯގެ ސްޕްރިންގް/ސަމަރ 2023 ރަންވޭ ޝޯގައި ބައެއް މޮޑެލުންނަށް ހިނގަން އުނދަގޫވެ ފައިފުރޮޅި، ވެއްޓޭތަންވެސް ފެނިގެންދިޔައެވެ. މިއީ ޕްލޭންޑް ޕީއާރް ސްޓަންޓެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އަނެއް ބަޔަކު ވަނީ ސައިޒުން މާ ކުޑަ އަދި އަންރިއަލިސްޓިކް، އުނދަގޫ ބޫޓުތަކަށް މޮޑެލުން އެރުވުމުގެ ތުހުމަތު އެ ބްރޭންޑަށް ކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން