(15 އޭޕްރިލްގެ ބަޔާ ގުޅޭ)
ސަމަން އަށް މާގިނަ ފިރިހެން ކުދިންގެ ސަމާލުކަމެއް ލިބިފައި ނުވެއެވެ. ވިޔާމްގެ ދިރިއުޅުމުގެ ގިނަކަންތައް ސަމަން އާއި މަސްވަރާ ކުރެއެވެ.
ސަމަން އޮފީހުން ނިކުތުމާއި އެކު ވިޔާމް އޭނާ ގެ މޭޒު މަތީގައި ބޯއަޅާލިއެވެ. މާ ގިނަ އިރެއް ނުވެ އޭނާ އަށް މާޒީ ގެ ތެރެއަށް ގެންބިގެން ދެވުނެވެ.
ކުޑަކުޑަ ވިޔާމް ކާމޭޒު ކައިރީ އިނދެގެން ކާން މަސައްކަތް ކުރިއެވެ . ނަމަވެސް އެއްވެސް އެއްޗެއް އަރުން އެތެރެ ވާގޮތެއް ނުވިއެވެ. "ކޮއްކޮ ނުކަން ގަރުދިޔަ މަހެއް. ވަރަށް ނުބައި އެއްޗެއް އެއީ." މަޑުމަޑުން އިނދެ ވިޔާމް ބުނެލިއެވެ. "އެހެންތަ ވަނީ ހަމަ ކާން ޖެހޭނީ." އިވިގެން ދިޔައީ ރުޅިވެރިކަމާއި އެކު އަންހެނެއް ހަޅޭލަވައިގެން އަޑެވެ. ވިޔާމް އިންތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. ނަމަވެސް މާ ދުރަށް ނުދެވެނީސް އޭނާ ގެ ދެ އަތުގައި މީހަކު ހިފިއެވެ . އަދި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް މޭޒު ކައިރީ ގައި ބޭންދިއެވެ. "ހަމަ މިހާރު ކާންވީ. ތިވައްތަރަށް ތެޅޭނީ ކަލޭގެ އަމަޔާއި ބަފާ ކައިރީ އަހަރެން ކައިރީ ގައި ފާޑުފާޑަށް ތެޅެން ނޫޅެއްޗޭ." އެ އަންހެން މީހާ ގެ ބަހުރުވަ ހުރީ ކުޑަ ކުދިންނާއި ދޭތެރޭ ވާހަކަ ދައްކަން ޖެހޭ ގޮތަކަށް ނޫނެވެ. އެ އަންހެން މީހާ ރުޅިއައިސް ވިޔާމް ކުރިމަތީގައި ހުރި ބަތްތަށި ވިޔާމް ގެ ބޮލަށް ބަންޑުން ޖަހާލިއެވެ. "ދެން ލާހިކެއް ނޫން މިރޭ މިގެއިން ކާކަށް. މާ ފާޑުފާޑު ކުރަންޔާ ފާހަނަޔަށް ލާ ތަޅުލާނީ އިނގިއްޖެ؟؟؟" އެ އަންހެންމީހާ ގެ ހިތުގައި އެ ކުޑަ ކުޑަ މައުސޫމް ކުއްޖާއާއި ދޭތެރޭ އެއްވެސް ކަހަލަ ހަމްދަރުދީ އެއް ލޯތްބެއް އެއް ކުލުނެއް ވެސް ނެތްބާވައެވެ؟؟؟؟ މަޑު ގިސްލުމަކުން ވިޔާމް ގިސްލަމުން ދިޔައެވެ. އަދި އޭނާ އަށް މާފް ކުރަން އެދި އެއަންހެން މީހާ ގާތުން އާދޭސް ކުރަމުން ދިޔައެވެ.
"ޔާމް. ޔާމް އާރ ޔޫ އޯކޭ." ސަމަން އަށް ކެބިނެ ތެރެއަށް ވަދެވުނު އިރު މުޅި ކެބިން ތެރެއިން މަޑު ގިސްލުމެއް ގެ އަޑު ހިފާލައިފައި ހުރިއެވެ. ސަމަން ގޮވާލުމާއި އެކު ވިޔާމް މަޑުމަޑުން ދެ ލޯ ހުޅުވާލީ ވަރުބަލި ކަމާއިއެކުއެވެ. " ހޭ. ވަޓްސް ރޯނގް. ނައިޓް މެއާރސް އަގޭން.؟ ކޮންކަމަކާ ތަ މާވަރަކަށް ތި ވިސްނަނީ ؟ވަޓް އެވާ އިޓް ވޯސް އެއީ ވިޔާމް ގެ ކުށެއް ނޫން ކަންނޭނގެ. ވިޔާމް ޝެއާރ ނުކުރަންޔާ ކިހިނެތް ސޭމް އަށް އިނގޭނީ ޔާމްގެ ހިތުގައި ހުރީ ކޮން ކަމެއް ކަމެއް ބުނީމަ ދޯ އިނގޭނީ، ކިހިނެތް ކަން އެކަން ރަނގަޅު ކުރާނީ." ސަމަން ވިޔާމްގެ ކޮނޑުގައި ހިފާލަމުން ހިތްވަރުލާދިނެވެ. "ހެހެ. އައިއޭމް އޯކޭ އޭ. ސޯ ޓެލްމީ ކިހިނެތް ވީ ކަމަކުތަ އަނެއްކާ" ވިޔާމް ހަމަޖެހިލަމުން ވާހަކަ އޮޅުވާލިއެވެ " ހޫމް ދެން ހަމަ އަހަރުން ވީމަ އެ ވާހަކަ އޮޅުވާލީއޭ. އެނީ ވޭސް ބޭފުޅާ ހަމަ އެހާ ވެސް ހަނދާން ބަލީތޯ؟ ނޫނީ އަޅުގަނޑުމެން ނިކަމެތިން ވީމާ ހަނދާން ނައްތާލަނީ ތޯ؟ ލަންޗަށް ދާން ބުނެވިފައި އޮތްކަން" ސަމަން ދެރަވާ ކަމަށް ހެދިލަމުން ބުނެލިއެވެ. "ތުމް އިތްނީ ޑެރެމެޓިކް ކިޔުހޯ ބައީ؟ ގަޑި ބަލާ ނުލާ އިނީމަ ނޭނގުނީޔޭ. ދެން ވެސް ތި ބޭކާރު އަނގަ ތަޅަން ނުހުރެ ހިނގާ ދާން." ހިނިގަނޑެއް ޖަހާލަމުން ވިޔާމް ބުނެލިއެވެ. "އަހަރުން ވީމަ ބޭކާރު އަނގަ އެކަމު ނަމުން ބެސްޓް ފުރެންޑޯ އެކަމު" ހަށަންބައްދެލަމުން ސަމަން ކުސްތަޅާލިއެވެ. " ސޭމް އޯލްޑް ސޭމް. ހަހަހަހަ." ވިޔާމް ސަމަން ގެ ކޮލުގައި ޖަހާލަމުން ބުނެލިއެވެ. ސަމަން ވެސް ރުޅި އަންނަ ކަމަށް ހަދަމުން ހިނިތުންވެލިއެވެ. މިއީ އެންމެ ކުޑަ އިރުންސުރެންވެސް ދެ މީހުންވެސް އަމަލު ކުރަމުން އަންނަ ގޮތެވެ.
ދެމީހުން މިސްރާބު ޖެހީ ކާނިވަލް ތެރޭގައި އިންނަ ސީވިއު ރެސްޓޯރެންޓަށެވެ. ގޮނޑީ ގައި ހަމަޖެހިލަމުން ވިޔާމް އޭނާގެ ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނެގިއެވެ. އަދި ރޯކޮށްލިއެވެ.
"ޔާމް ކޮން އިރަކުން ތިކަން ހުއްޓާނީ؟ ޔޫ ނޯ ހައު ޓޮކްސިކް އިޓް އިސް ފޯރ ޔޫ ޑޮކްޓަރ ވެސް ބުނި ދޯ އަވަހަށް ހުއްޓާލަން. ކީއްވެ ތިކަން ނުހުއްޓިގެން ތި އުޅެނީ. ކިޔާ ދީބަލަ. ވަޓް އިސް ބޯދަރިންގް ޔޫ؟؟؟؟ ޔޫ ނީޑް ޓު އޯޕެން އަޕް ޓުމީ އެއިރުން ދޯ ހިތަށް ވެސް ފަސޭހަ ވަނީ ހަމަ ތިހެން ފޮރުވައިގެން ހުރެގެން ނުވާނެ ދޯ؟؟؟؟ ކިޔާދީބަ......" ސަމަން ވިޔާމް ގެ މޫނަށް ބަލާލަމުން ބުނެލިއެވެ. "ނޭނގެ ފަށާނެ ގޮތެއް އަސްލު ޔާމް ވަރަށް ބައިވަރު ކަންކަން ފޭސް ކޮށްފަ މިހިސާބަށް މި އައީ ވެސް އިނގޭ. އެކަމު ހަމަ ބޭޑް ފީލް ވަނީ އެ ކަންކަމާއި މާ ބޮޑަށް ވިސްނަން ހަދައިގެން. ސޭމް އަށް އިނގޭނެ ކަން ނޭނގެ ސޭމް އަށް ކިޔާދޭނެކަން ހުރިހާ އެއްޗެއްވެސް އެކަމު މިކަން ކިޔާދޭން ބޭނުން ކުޑަ ވަގުތު ކޮޅެއް. ހޯޕް ސޭމް އަށް ވިސްނޭނެ ކަމަށް" އިހުސާސްތައް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ވިޔާމް ބުނެލިއެވެ. "ދެން ތިވާހަކައެއް ނޫން މައިކް ހޯދި ސޭމް. ބުނި ސަލާމް ބުނައްޗޭ." ވަގުތުން ވިޔާމް މަޢުލޫ އޮޅުވާލިއެވެ.
މީކައިޒް އަކީ ވިޔާމްމެންގެ ބިޒްނަސްގެ މާރކެޓިން މެނޭޖަރެވެ. އުމުރުން 25 އަހަރުގެ މީކާއިޒް އަކީ ކަސްރަތީ ހަށިގަނޑެއް ގެ ވެރިއެކެވެ. ތޫނު ކަޅި ރަވައަކާއި އެހާމެ ހިތްގައިމް ހިނިތުންވުމެއް ގެ ވެރިއެކެވެ. ސަމަން މާ ބޮޑަކަށް މީކައިޒް އަށް ސަމާލުކަމެއް ނުދެއެވެ. އެކަމު މީކާއިޒް ގެ ހުރިހާ ވެސް ސަމާލު ކަމެއް ދެވިފައިވަނީ ސަމަން އަށެވެ.
(ނުނިމޭ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން